ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން ފަލަސްތީނުގައި ކެމިކަލް ހަތިޔާރު ބޭނުންކޮށްފާނެކަމުގެ ބިރުހީވެއްޖެ!

ހަމާސްގެ ކުރީގެ ވެރިއެއްކަމަށްވާ ހާލިދް މިޝާލް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ކެމިކަލް ހަތިޔާރެއް ނުވަތަ ނާރްވް ގޭސްގެ ބާވަތެއް ބޭނުންކޮށްގެން ޣައްޒާގައި ހަމާސްއިން ބިނާކޮށްފައިވާ ބިމުއަޑީގެ މަގުތަކަށް ހަމަލާ ދިނުމަށް ރާވާފައިވާކަމަށް ހަމާސްގެ ކުރީގެ ޗީފް ހާލިދް މިޝާލް ބުނެފިއެވެ.

ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގުޅޭގޮތުން މިސްރުގެ ޓީވީއަކަށް ދެއްވި އިންޓަރވިއުއެއްގައި މިޝާލް ވަނީ އެމެރިކާއިން މި ހަމަނުޖެހުންތަކުގެ ތެރެއަށް ވަދެ އިސްރާއީލަށް ހަމަލާ ދޭންވީ ގޮތުގެ އިރުޝާދުތައް ދެމުންދާކަމަށް ތުހުމަތުކޮށްފައެވެ. އޭނާ ބުނެފައިވާގޮތުން، އިސްރާއީލުން ޣައްޒާއަށް ނުވަދެ ވައިގެ މަގުން ހަމަލާދިނުމަށް އިރުޝާދު ދީފައިވާކަމަށާއި އެ ގައުމުގެ ޑެލްޓާ ފޯސްގެ ސިފައިންވެސް އިސްރާއީލަށް އެހީތެރިވުމަށް ފޮނުވާފައިވާކަމަށް ފާހަގަކުރިއެވެ.

އޭނާ ބުނެފައިވާގޮތުން، އިސްރާއީލާއި އެމެރިކާ ގުޅިގެން ނާރުތަކަށް އަސަރުކުރާ ފަދަ ގޭހުގެ ބާވަތެއް ބޭނުންކޮށްގެން ހަމާސްއިން ބޭނުންކުރަމުންދާ ބިިމު އަޑީގެ މަގުތަކަށް ހަމަލާދިނުމަށް ރާވާފައިވަނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ ރައްޔިތުން މިނިވަންކުރުމުގެ ގޮތުންނެވެ. އޭނާ ބުނެފައިވާގޮތުން ބޭނުންކުރުމަށް ރާވާފައިވަނީ އެކަމުގެ ސަބަބުން މީހުން މަރުނުވާ އެހެންނަމަވެސް ހަރަކާތްތައް ހުއްޓިގެންދާނެ ފަދަ ގޭހެއްކަމަށެވެ.

މީޑިއާތަކުން ބުނާގޮތުން، ޣައްޒާގައި ހުންނަ ބިމު އަޑީގެ މަގުތަަކީ ހަމާސްގެ މުޖާހިދުންނަށް އާންމުން ދިރިއުޅޭ ސަރަހައްދުތަކުގެ އަޑިން ދަތުރުކުރުމަށް ފަހިކުރާ މަގުތަކެކެވެ. އަދި އެއީ ހަމާސްގެ އިސްވެރިންނާއި ހަތިޔާރުތައް ރައްކައުތެރިކުރުމަށްވެސް ބޭނުންކުރާ ތަނެއްކަމަށާއި އެ ސަރަހައްދުގައި އެފަދަ 500 އަށްވުރެ ގިނަ މަގު ބިމު އަޑީގައި ބިނާކޮށްފައިވާކަމަށް ލަފާކުރެވޭކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. މީޑިއާތަކުން ބުނާގޮތުން ހަމާސްގެ އިސްވެރިއެއްގެ ގޮތުގައި ހުރެފައިވާ މިޝާލް އެ ވާހަކަތައް ދެއްކުމުގެ ކުރިންވެސް ބައެއް ނޫސްތަކުން އެކަމުގެ ތުހުމަތުތައް ކޮށްފައިވާކަމަށެވެ.

ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރުން މަނާކުރެވިފައިވާ ބައެއް އުކުޅުތަކާއި ހަތިޔާރުތައް އިސްރާއީލުން ބޭނުންކުރަމުންދާއިރު، 1925 ވަނަ އަހަރު އެކުލަވާލި ގެނީވާ ޕްރޮޓޯކޯލްގެ ދަށުން އެފަދަ ހަތިޔާރުތައް ބޭނުންކުރުންވަނީ ބައިނަލްއަގުވާމީ ގޮތުން މަނާކުރެވިފައެވެ. މީޑިއާތަކުން ބުނާގޮތުން، ނޭވާލާ ނިޒާމު ނުވަތަ ހަމުގެ ޒަރިއްޔާއިންވިޔަސް އެފަދަ ގޭހެއް ހަށިގަނޑުގެ ތެރެއަށް ވަދެއްޖެ ނަމަ މީހާގެ ނާރުތައް ހަލާކުކޮށްލައި އެއް މިނެޓާއި 10 މިނެޓާއި ދެމެދުގެ ވަގުތެއް ތެރޭގައި މަރާލައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: