ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންސްފާގެ ހިދުމަތް މެދުވެރިކޮށް މިދިޔަ އަހަރު 563.2 ބިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވޭ!

އެމްއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްފާގެ ހިދުމަތް މެދުވެރިކޮށް މިދިޔަ އަހަރު 563.2 ބިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވާކަން މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

އެމްއެމްއޭގެ ޕޭމެންޓްސް ބުލެޓިންގައިވާ ގޮތުން ނަގުދު ފައިސާގެ ބަދަލުގައި އޮންލައިން މުއާމަލާތްތަކާއި ކާޑު ބޭނުންކޮށްގެން މުއާމަލާތް ހިންގާ މިންވަރު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.

ޓްރާންސްފާ ހިދުމަތުން ފައިސާ ފޮނުވި އަދަދު

  • 2019 – 225 ބިލިއަން ރުފިޔާ
  • 2020 – 235 ބިލިއަން ރުފިޔާ
  • 2021 – 371 ބިލިއަން ރުފިޔާ
  • 2022 – 563 ބިލިއަން ރުފިޔާ

ޓްރާންސްފާގެ ހިދުމަތުގެ ތެރެއިން މިދިޔަ އަހަރު 88.9 މިލިއަން މުއާމަލާތްކޮށްފައިވެއެވެ.

މީގެ ތެރެއިން 87.1 މިލިއަން މުއާމަލާތް  390.6 ބިލިއަން ރުފިޔާގެ މުއާމަލާތަކީ އެއް ބޭންކްގެ އެކައުންޓުން އެ ބޭންކްގެ އެހެން އެކައުންޓަކަށް ފައިސާ ފޮނުވުމަށް ކޮށްފައިވާ މުއާމަލާތްތަކެވެ. ރާއްޖޭގައި ކޮމާޝަލް އަށް ބޭންކެއް ހިންގަމުންދާއިރު މިދިޔަ އަހަރުގެ ނިޔަލަށް އެ ބޭންކްތަކުގައި 485،000 އެކައުންޓް ހުޅުވާފައިވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ކާޑު ބޭނުންކޮށްގެން ކޮށްފައިވަނީ 17.92 ބިލިއަން ރުފިޔާގެ މުއާމަލާތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: