ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮންއަޅަމުންދާ ޢައްޒާއަށް ހައްޔަރުގައި ތިބި ފަލަސްތީނުގެ ރައްޔިތުން ފޮނުވާލަނީ!

އިސްރާއީލުން ފޮނުވާލުމުން ޣައްޒާ ސަރަހައްދަށް އެނބުރިދާ ފަލަސްތީނުގެ ރައްޔިތުން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

7 އޮޮކްޓޯބަރުގެ ހަމަލާ ފެށުނު އިރު އިސްރާއީލުން ހިފާފައިވާ އިމުގެ އެތެރޭގައި މަސައްކަތްކުރަމުންދިޔަ ފަލަސްތީނުގެ ރައްޔިތުން ހިފަހައްޓައި ގެންގުޅުމަށްފަހު ހަނގުރާމައިގެ ސަބަބުން އަސަރުތައް ކޮށްފައިވާ ސަރަހައްދުތަކަށް އަނބުރާ ފޮނުވާލަން ފަށައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން، ހަމާސް އަދި އިސްރާއީލުގެ އަސްކަރީ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމަ ފެށުނުއިރު، އެތައް ހާސް ޕަލަސްތީނުގެ ރައްޔިތުންނެއް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ސަރަހައްދެއްގައި މަސައްކަތްކުރަން ތިއްބެވެ. އަދި މައްސަލަ ހޫނުވުމާއިއެކު، އިސްރާއީލުން އެ މީހުން އެއްތަނަކަށް ޖަމައުކޮށް ހިފަހައްޓައި ގެންގުޅުންކަމަށާއި އަނިޔާކޮށް ހެދިކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ބައެއް މީހުން މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި އަނބުރާ ފޮނުވާލާފައިވާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އޮފީހުންވަނީ އެކަން ކަށަވަރުކޮށްދީފައެވެ. އިސްރާއީލުގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވާ މަސައްކަތްތެރިން ހިއްސާކޮށްފައިވާގޮތުން، އެ ގައުމުގެ އަސްކަރިއްޔާއިން އެ މީހުންނަށް އެކި ގޯނާތައް ކޮށްފައިވެއެވެ. މީޑިއާތަކުން ބުނާގޮތުން، ބައެއް މީހުން މީޑިއާތަކަށް މައުލޫމާތު ދިން އިރުވެސް އިސްރާއީލުން އެ މީހުންގެ ގައިގައި ހަރުކޮށްފައިވާ ފާހަގަތައް ތިއްބެވެ.

އެ މީހުން ބުނެފައިވާގޮތުން، ގޭގެއާއި ރެސްޓޯރެންޓު އަދި ފިހާރަތަކުގައިވެސް އެ މީހުންނަށް އެންމެ ދަށް އަގުތަކުގައި މަސައްކަތް ކޮށްދިންނަމަވެސް އިސްރާއީލުން އަމަލުކުރީި ނުރަނގަޅުގޮތަކަށްކަމަށެވެ. އަދި ޣައްޒާގެ އެކި ސަރަހައްދުތައް ގުޅުވާ މަގުތައް އިސްރާއީލުން ބަންދުކޮށް ހިފާފައިވުމުން އަނބުރާ ދިރިއުޅެމުންދިޔަ ސަރަހައްދުތަކަށް ދިއުމުގައިވެސް ބޮޑެތި ދަތިތައް ހުރިކަމަށް ރިޕޯޓުތަކުގައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން، ހަނގުރާމަ ފެށުމުގެ ކުރިން ޢައްޒާގައި ދިރިއުޅެމުންދިޔަ 18500 ވަރަކަށް މީހުންނަށް އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ގޮސް މަސައްކަތްކުރުމަށް ހުއްދަ ދީފައިވެއެވެ. އެހެންނަމަވެސް މިހާރު އިސްރާއީލުގެ ބެލުމުގެ ދަށުގައި ތިބީ ކިހާ އަދަދެއްގެ މީހުންކަމެއް ސާފުނުވާކަމަށާއި ހަނގުރާމަ ފެށުމާއިއެކު އެތައް ހާސް ބަޔަކު އެއްކޮށްގެން އެކި ސަރަހައްދުތަކަށް ގެންދިޔަކަމަށް ބެލެވޭކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

އިސްރާއީލުން މީހުން ދޫކޮށްލަން ފެށީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގުރޫޕުތަކުން އެކަމަށް ގޮވާލަމުންދަނިކޮށެވެ. އެހެންނަމަވެސް އެ ގުރޫޕުތަކުންދަނީ މިހާރު އެކަމާއި ދެކޮޅު ހަދަމުންނެވެ. އެގޮތުން އެކަމަކީ މަރުގެ ހުކުމެއް ކުރުމާއި އެއްފަދަ ކަމެއްކަމަށް މިހާރު ބުނަމުންދާކަމަށްވެސް ރިޕޯޓުތަކުގައިވާއިރު، އދއިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

އދ އިން ބުނެފަވާގޮތުން، ފޮނުވާލަމުންދާ މީހުން ފޮނުވާލަމުންދަނީ ކޮންތަނަކަށްކަމެއް ސާފެއް ނޫނެވެ. އަދި އެ ފޮނުވާލާ މީހުން އަނބުރާ ދިއުމަށް ގެތައް ތިބިކަންވެސް ސާފުނުވާކަމަށާއި އެކަންކަމުން އިންތިހާ ކަންބޮޑުވާކަމަށް އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ އޮފީހުގެ ތަރުޖަމާނު މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: