ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް/ޕީއެންސީން ދެނީ އެކަތިގަނޑެއްގެ ގޮތުގައި އޮންނާނެކަމުގެ ޔަގީންކަން!

ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްއިން އައްޑޫއަށް ކުރައްވާ ދަތުރުގެ ތެރެއިން. ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގައި އޮތް ފަސް އަހަރު ގޮންޖެހުންތަކާއިއެކުވެސް ޕާޓީ އޮތީ އެކަތިގަނޑެއްގެ ގޮތުގައި ވަރުގަދަކޮށްކަމަށް ފާހަގަކުރައްވާ، ކުރިއަށް އޮތް ތަނުގައިވެސް އެގޮތުގައި އޮންނާނެކަމުގެ ޔަގީންކަން ޕީޕިއެމް/ޕީއެންސިގެ ލީޑަރޝިޕްއިން އައްޑޫގެ ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނަށް ދެއްވައިފިއެވެ.

ލީޑަރޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުން ހިމެނޭހެން އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުުޅަކީ، ރައްޔިތުންނާއި ގާތުން މަސައްކަތްކުރުމަށްޓަކައި ކުރައްވާ ދަތުރެއްކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުލްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފައެވެ. އަދި ރިޔާސީ އިންތިހާބުގައި ދެއްވި ތާއީދަށް ޝުކުރު އަދާކުރެއްވުމުގެ ކަންކަން އޮންނާނެކަމަށް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ލީޑަރޝިޕްއިން މިހާރު ވަނީ ހިތަދޫ، މަރަދޫ އަދި ފޭދޫގެ ސްޓެއަރިން ކޮމިޓީތަކާއި ބައްދަލުކުރައްވާފައެވެ. މި ކޮމިޓިތަކާއި ބައްދަލު ކުރައްވާ ޕާޓީގެ މިސްރާބު ހިއްސާކުރެއްވިއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްއިން އައްޑޫއަށް ކުރައްވާ ދަތުރުގެ ތެރެއިން. ފޮޓޯ: ވަގުތު

އެގޮތުން އަބްދުލްރަހީމް ދެއްކެވި ވާހަކައިގައި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕިއެމް/ޕީއެންސީއަށް ލިބުނު ކާމިޔާބީގައި އައްޑޫއިން ދިން ތާއީދަކީ ފާހަގަކުރެވޭ ތާރީހީ ކާމިޔާބީއެއްކަމަށް ވިދާޅުވިއެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރީ ސަރުކާރަކާއި، އެ ސަރުކާރުގެ ހުރިހާ މުދަލަކާއި، މި ސަރަހައްދުގައި އޮތް އެންމެ ބޮޑު ގައުމު، އިންޑީއާއާއިކަމަށް ފާޙަގަކޮށް އަބްދުލްރަހީމް ވިދާޅުވީ ނަމަވެސް  ރިޔާސީ އިންތިހާބުގެ ކާމިޔާބީއަކީ ފަސޭހަ ކާމިޔާބީއެއްކަމަށެވެ.

ވެރިކަން ހޯދަނީ ގިނަ ކަންތައްތަކެއް ކުރުމަށްކަމަށް ފާހަގަކުރައްވާ، އަބްދުލްރަހީމް ވިދާޅުވީ އެއީ ގައުމުގެ ހާލަތު ރަނގަޅުކޮށް ރަށްރަށަށް ތަރައްގީ ގެނައުމަށްކަމަށެވެ. މިކަންކަން ކުރުމަށް އަދިވެސް ރައްޔިތުންގެ މަސްއޫލިއްޔަތު އެބައޮތްކަމަށް ފާހަގަކޮށް އަބްދުލްރަހީމް ވަނީ ކުރިއަށް އޮތް މަޖިލީސް އިންތިހާބަށް އިޝާރާތްކުރައްވާފައެވެ.

އެގޮތުން ސަރުކާރަކުން ކަންކަން ކުރުމަށް މަޖިލީހުގެ އެއްބާރުލުން މުހިންމުކަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުރިއަށް އޮތް މަޖިލީސް އިންތިހާބަކީ ޕީޕީއެމް/ޕީއެންސީއަށް މުހިންމު އިންތިހާބެއްކަމަށް ވިދާޅުވިއެވެ.

ތެދުވެރިކަން އިހުލާސްތެރިކަން ހުރި މެންބަރުންތަކެއް މަޖިލީހުގައި ތިބެން އެބަޖެހޭ.

މި އިންތިހާބު ކާމިޔާބުކުރުމަށް ހުރިހާ މެންބަރުން އެކުގައި ގުޅިގެން، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. ނިމިދޔަ ރިޔާސީ އިންތިހާބުން މިއީ އުދަނގޫކަމަކަށް ނުވާނެކަން އެނގިގެން ދިޔަކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

ޕާޓީގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްދާނީ ފުރިހަމަ މަޝްވަރާގެ ދަށުންކަމަށް ތަކރުާރުކޮށް ލީޑަރޝިޕްއިން އަންނަނީ ފާހަގަކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: