ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިއޭސީގެ ފަނޑަށް 28 މިލިއަން!

އައިއޭސީގެ މެމްބަރުން ޢައްޒާގައި އެހީ ދިނުމުގެ މަސައްކަތްތައް ކުރަނީ: ފޮޓޯ/ އައިއޭސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޣައްޒާގައި ހާލުގަ ޖެހިފައިވާ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ހަރަކާތްތެރިވާ އައިއޭސީއަށް 28 މިލިއަނަށްވުރެ އިތުރު އަދަދެއް ލިބިފައިވާކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

އައިއޭސީގެ ޓްވިޓާރ މެދުވެރިކޮށް ހާމަކޮށްފައިވާގޮތުން މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ދިވެހިންވަނީ އެ ޖަމާއަތުގެ ފަންޑަށް 28 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދަކާއި ޑޮލަރުން 17 ހާހަށްވުރެ ގިނަ އަދަދެއް ޖަމާކޮށްފައިކަމަށެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން ނުވަތަ އައިއޭސީއަކީ ފަލަސްތީނުގެ ހާލުގައި ތިބި ރައްޔިތުންނަށް އެހީ ފޯރުވަމުންދާތާ އަހަރުތަކެއް ވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ބައެއް ޒަރޫރީ ސާމާނު ފަލަސްތީނުގައިވެސް ރައްކައުކޮށްފައި ބަހައްޓާފައިވާކަން ފާހަގަކުރެވެއެވެ. މީގެ ދުވަސްތަކެއް ކުރިން އެ ޖަމިއްޔާގެ ގުދަނަކަށް ހަމަލާއެއް އަމާޒުވެ އެތައް ގެއްލުމެއްވެސް ލިބިފައިވާކަން ފާހަގަކުރެވެއެވެ.

ރާއްޖެއިން ފަލަސްތީނަށް އެހީ ދިނުމުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ކުރިއަށްދާއިރު، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ރަހުމުކުޑަ ހަމަލާތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން އެ ގައުމުގެ ބެލުމުގެ ދަށުގައި ތިބި ފަލަސްތީނުގެ ރައްޔިތުން ދޫކޮށްލުމަށްފަހު، މަގުމަތިން މަރާލަމުންދާކަމުގެ ކަންބޮޑުވުންތައް ބައެއް ފަރާތްތަކުންދަނީ ސޯޝަލްމީޑީއާގައި ހިއްސާކުރަމުންކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: