ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭ އިމްގްރޭޝަން ކައުންޓަރ ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިމިގްރޭޝަން ކައުންޓަރު/ ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭގެ ސިސްޓަމަށް ދިމާވި މައްސަލަ ހައްލު ކޮށްފިއެވެ.

ވީއައިއޭގެ ސިސްޓަމަށް ދިމާވި މައްސަލައިގެ ސަބަބުން އެއާޕޯޓަށް ފުރަން ދިޔަ ފަސެންޖަރުންގެ ކިއޫތައް ދިގުވެ ފުރުން ވަރަށް ބޮޑަށް ލަސްވި އެވެ.

އެއާޕޯޓް ކޮމްޕެނީ އެމްސީއެލްއިން ބުނީ އިމިގްރޭޝަން ކައުންޓަރު ތަކުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވި ކަމަށާއި، ޓެކްނިކަލް ޓީމުތަކުން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެެވެ.

މި ދުވަސްވަރަކީ ޕީކް ދުވަސްވަރެއްކަމުން އެއާޕޯޓަށް ގިނައަދަދެއްގެ ފަތުރުވެރިން ފުރަންދިއުމުގެ އިތުރުން ރާއްޖެ އަންނަ ފަތުރުވެރިންވެސް ގިނަކަން ފާހަގަކުރެވެއެވެ. އެމްސީއެލް އިން ބުނީ މިފަދަ މައްސަލަ ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ޓެކްނިކަލް މިހުންނާއި ގުޅިގެން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: