ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި އެއާޕޯޓްގައި އަނިޔާވިމީހާ މާލެ ގެސް ފަރުވާ ދެނީ

ކުޅުދުއްފުށި އެއާޕޯޓު ރަސްމީކޮށް ހުޅުވުމުގެ ތެރެއިން. ފޮޓޯ:އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ބާރުގަދަ އެއްޗެއް ގޮވުމުގެ ސަބަބުން ކުޅުދުއްފުށި އެއާޕޯޓްގައި މަސައްކަތް ކުރަމުންދިޔަ މުއައްޒަފެއްކަށް ލިބުނު އަނިޔާގައި އިތުރު ފަރުވާ ދިނުމަށް އެމީހާ މާލެ ގެސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެއީ އުމުރުން 37 އަހަރުގެ ފިރިހެން ކަމަށާއި، އެމީހާ މާލެ ގެނައީ ރޭ 7:08 އެހައިކައްހާއިރު ކަމަށެވެ.

ސަންގަށް މައުލުމާތު ދެމުން އެމްއެންޑީއެފްއިން ވިދާޅުވީ އެމީހާއަށް އަނިޔާޥެފައިވަނީ އެއާޕޯޓުގައި ހިންގި ޓްރެއިނިންގް އެއްގެ ތެރޭގައި ބޭނުން ކުރި ގޭސް ސިލިޑަރެއް ގޮވައިގެން ކަމަށެވެ.

އެ ހާދިސާ ހިނގީ އިއްޔެ މެންދުރުވަހުތުގައެވެ. އެއީ އެއާޕޯޓްގެ ފަޔާ މުއައްޒަފުންކަމަށާއި، އެ ހާދިސާގައި މުއައްޒަފުންގެ 4 މީހާކަށް ވަނީ އަނިޔާލިބިފަ ކަމަށްވެސް ވިދާޅުވެފައި ވެއެވެ. އޭގެ ތެރެއިން އެކެއްގެ އަތަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު، ދެން ތިބި 3 މީހުންނަށް ލިބިފައިވަނީ  ކުދި އަނިޔާތަކެވެ.

މާލެ ގެނެސް ފަރުވާ ދެމުން އަންނަނީ އަތަށް އަނިޔާލިބުނު މިހާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: