ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވީއައިއޭގެ މަސަައްކަތް ފުރަތަމަ އަހަރުގެ ތެރޭގައި ނިމޭނެކަމުގެ ޔަގީންކަން އެބައޮތް: ޚަލީލް

ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޙަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ނިންމާލެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ މެގަ ޕްރޮޖެކްޓެއްގެ ގޮތުގައި ފާހަގަކުރެވޭ، ވީއައިއޭ ތަރައްގީ ކުރުމުގެ ޕްރޮޖެކްޓު މިދިޔަ ފަސް އަހަރުގެ ތެރޭގައި އޮތީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ. ކޮވިޑު-19 ގެ ސަބަބުން ބައެއް ސާމާނު ގެނައުމުގައި ދަތިތަކާއި ކުރިމަތިވެ، ސަރުކާރުން ދިން ތާރީހުތަކަށް ފަހު އެންމެ ފަހުން ބުނީ މަސައްކަތް ނިމޭނީ 2025 ގައި ކަމަށެވެ.

އެއީ ގަބޫލު ކުރެވޭ ވަގުތަކަށް ނުވާތީވެ، އިންތިހާބީ ރައީސް ވަނީ އަންނަ އަހަރުގެ ޕީކް ސީޒަނުގެ ފައިދާ ނެގުމުގެ ގޮތުން މަސައްކަތް ނިންމާލުމުގެ މުހިންމުކަން ފާހަގަކޮށްފަ އެވެ. އަދި އައު ޓާމިނަލް ފޭސްތަކަށް ބާހަލައިގެން ހުޅުވާނެކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދަށް މުއިއްޒުގެ ވެރިކަމުގައި އަންނާނެ ކުރިއެރުންތައް ފާހަގަކުރައްވައި ސަންގުޓީވީގެ “2023 ގެ ރައީސް” ޕްރޮގުރާމްގައި ޚަލީލް ވިދާޅުވީ 5 އަހަރުވެގެން ދިޔައިރު އެއާޕޯ ނުނިމި އޮތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެހެންވެ މުއިއްޒުގެ އެންމެ ބޮޑު އަމާޒުތަކުގެ ތެރޭގައި އެ ޕްރޮޖެކްޓުގެ މަސައްކަތުގެ ސްޕީޑު އަވަސް ކުރުން ހިމެނޭކަން ޚަަލީލު ފާހަގަކުރެއްވި އެވެ. ޚަލީލް ވިދާޅުވީ ސަރުކާރާއި ހަވާލުވެ، އެ މަސައްކަތް އެންމެ ލަސްވެގެން ދޮޅު އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ޚަލީލް ވިދާޅުވީ އިންތިގާލީ ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި، އެއާޕޯޓުގެ މަޝްރޫއު ނުނިމި ހުރި ސަބަބު ސާފުވި ކަމަށެވެ. ރާއްޖެ ދަރަނިވެރިވެފައި އޮތުމާއި، އިގްތިސާދީ ގޮންޖެހުންތަކަކީ ޚަލީލް ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި ދިމާވެފައިވާ މައްސަލަތަކެވެ.

މީގެއިތުރުން ޚަލީލް ވިދާޅުވީ ރާއްޖެ ވަރަށް ބޮޑުތަނުން ދަރަނިވެރިވެފައިވާއިރު ޖުމްލަ އަދަދު 114 ބިލިއަނަށް އަރާ ކަމަށެވެ. އަދި ރާއްޖެ ދަރަނީގެ ބޮޑު ބައެއް ދައްކަން ޖެހެނީ ވެސް އިންޑިއާއަށްކަން ފާހަގަކުރެއްވި އެވެ.

އެއާޕޯޓުގެ މަސައްކަތްތައް ތަކުރާރުކޮށް، މުއިއްޒު ފާހަގަކުރައްވާއިރު އެންމެ ފަހުން ވިދާޅުވީ މަޝްރޫއު އަވަސް ކުރުމަށް ކޮމެޓީއެއް އުފައްދައި އެ ކޮމިޓީގެ ޗެއާކަން ކުރައްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: