ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒަކީ ފަހުގެ ތާރީހެއްގެ އެންމެ އުންމީދީ ރައީސް: ލަތީފް

ފޮޓޯ: އަވަސް އޮންލައިން/ އަހުމަދު އަޔާދު --- 12 މެމްބަރުންގެ ތެރޭގައި ހިމެނުނު ލަތީފްގެ ފާޑުކިޔުން ރައީސް ސޯލިހްއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

17 ނޮވެމްބަރުގައި ހުވާ ކުރައްވާ ޑރ. މުހައްމަދު މުއިއްޒަކީ ރާއްޖޭގެ ތާރީހުގައި ވެރިކަން ކުރާނެ އެންމެ އުއްމީދީ ވެރިޔާކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބަދުއް ލަތީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސަންގުން ގެނެސްދޭ 2023 ގެ ރައީސް ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ، ޑރ. މުއިއްޒުގެ ވެރިކަން ވެގެންދާނީ ރައްޔިތުން އެންމެ އުއްމީދު ކުރާނެ އެންމެ އުފާވާނެ ރައްޔިތުން ބޭނުންވާ އެދުންތަކާއި، ރައްޔިތުން ބޭނުންވާ ކަންކަން ހާސިލް ކުރެވޭނެ ވެރިކަަމަކަށް ކަމަށެވެ. އެހެންކަމުން މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ވެރިކަމުން ރައްޔިތުންނަށް އުފާވެރިކަން ހޯދައިދެވޭނެ ކަމަށްވެސް ލަތީފް ވިދާޅުުވިއެވެ.

ޑރ. މުއިއްޒުގެ ވެރިކަމާއި ހަވާލުވުމުގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ އަންނަ ހުކުރު ދުވަހު އެވެ. އަދި އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގެންފައި ނުވާއިރު، ގިނަ ބަޔަކު ދަނީ ސަރުކާރާއި މެދު ކުރެވޭ އުންމީދުތައް ހާމަކުރައްވަމުންނެވެ. އެކަން ފާހަގަކޮށް ލަތީފް ވިދާޅުވީ ޑރ. މުއިއްޒަކީ ތައުލީމީ ބޭފުޅެއްކަމަށާއި، އަދި އަމަލީ ތަޖުރިބާއިން ގައުމު ހިންގުމުގެ ގާބުލުކަން ލިިބިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ތަޖުރިބާއަށް އެއްވެސް ބަޔަކު އިންކާރު ނުކުރައްވާނެކަމަށް ލަތީފް ވިދާޅުވި އެވެ.

ޑރ. މުއިއްޒުގެ ހިންގުންތެރިކަމާއި މއެދު އެއްވެސް ފަރާތެއް ޝައްކު ނުކުރައްވާނެ.

ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޑރ. މުއިއްޒަކީ ރައީސް ޔާމީންގެ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށާއި، އެހެންކަމުން ރައީސް ޔާމީންގެ ސަރުކާރުގައި ގެންނެވި ހެޔޮ ބަދަލު ކުރިޔަށް އޮތް ފަސް އަހަރު ފެނިގެންދާނެ ކަމުގައި ޔަގީން ކުރެވޭ ކަމަށެވެ. ގައުމު މިއަދު އޮތް ހާލަތުން ވަރަށް ބޮޑު ފަރުވާ އެއް ގައުމަށް ލިބެން ޖެހޭ ކަމަށާއި، ގައުމު އޮތީ ޑރ. މުއިއްޒު ފަދަ ވެރިކަށް އެދިއެދި ކަމަށެވެ. އެހެންކަމުން އެ ފަރުވާ ހޯދެވޭނެ ވެރިއަކީ ވެސް ޑރ، މުއިއްޒު ކަމަށް ވިދާޅުވިއެވެ.

ލަތީފް އިތުރަށް ފާހަނގަ ކުރެއްވީ ރާއްޖެ އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލު ކުރެއްވުމަށް ރައްޔިތުން ބޭނުންވެގެން ތިއްބާ ޑރ. މުއިއްޒު ވެރިކަމަށް ރައްޔިތުން ގެނެންވީ ވެސް ހެޔޮ ބަދަލެއް ހޯދުމަށް ކަމަށެވެ. އެހެން ކަމުން އެބަދަލު އެންމެ އަވަހަށް ދައްކަވާނެ ވެރިއަކަށްވެސް އެމަނުކުފާނު ކަމަށް ވާނެ ކަމަށެވެ. އަދި ރާއްޖެ އަށް ގެންނާނެ އިސްލާހީ ބަދަލުތަކާއި ރާއްޖެ ދަތުރުކުރާން މަގުވެސް އެމަނިކުފާނު ހާމަ ކުރައްވާފައިވާތީ ޑރ. މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށް ކަނޑައަޅާފައިވާ ވަޒީރުންނާއި އެކު މަސައްކަތް ކުރެއްވުމުގައި އުނދަގޫ މަރުހަލާއަށް ވުރެ ކަނޑައްތު ކުރާނެ މަރުހަލާތައް ފަސޭހަ ވާނެ ކަމަށެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: