ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތް ދަރަނިވެރިވެގެން ދިއުމުގެ އެންމެ ބޮޑު ސަބަބަކީ މުޅި ސަރުކާރު ފެއިލް ވުން: މަތީން

އަބްދުﷲ މަތީން
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ދަރަނި 114 ބިލިއަނަށް އަރާ ދައުލަތް ދަރަނިވެރިވެގެން ދިއުމުގެ އެންމެ ބޮޑު ސަބަބަކީ މުޅި ސަރުކާރު ފެއިލްވުން ކަމަށް އިންތިގާލީ ކޮމެޓީގެ މެމްބަރު އަބްދުﷲ މަތީން ވިދާޅުވެއްޖެއެވެ.

ސަންގުން ގެނެސްދޭ 2023 ގެ ރައީސް ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ ދައުލަތުގެ ގިނަ މުއައްސަސާތަކެއް ގާއިމް ކޮށްފައިވާ ކަމަށާއި، މިއިން ކޮންމެ މުއައްސަސާ އަކީވެސް ހިދުމަތް ފޯރުކޮށްދޭ މުއައްސަސާކަމަށްވާއިރު، މި މުއައްސަސާތަަކުން ހިދުމަތް ފޯރޮރުކޮށްދިނުމުގެ ބަދަލުގައި މަސައްކަތުގެ ދައުރު އަދާނުކޮށް ތިބި މުއައްސަސާ ތައް ގިނަ ކަމަށެވެ.

އެހެންމަކަމުން ކުންފުނިތަކުން ފެށިގެން ގޮސް ހުރިހާ މުއައްސަސާތަކެއްވަނީ ފެއިލް ވެފައި ކަމަށްވެސް މަތީން ވިދާޅުވިއެވެ.

ކުންފުނިތަކުގެ ވާހަކަދައްކާއިރު، ކުންފުނިތަކަކީ ދައުލަތުގެ ހިއްސާ އޮންނަ ކުންފުއްޏަކަށް ވެއްޖިއްޔާ ދައުލަތުގެ ހިއްސާ ގުޅުަވައިދެނީ ފިނޭސް މިނިސްޓްރީއަށް ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓްރީ އާއި، އަދި ކަމާއި ގުޅުުންހުރި ހުރިހާ މުައްސަސާއެއް ހިމެނޭހެން  ހުރިހާ މުއައްސަސާތައްވެސް ފެއިލްވެފައިވާ ކަމަށެވެ.

ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ކޮރަޕްޝަނަށް މަގުފަހިވެފައިވާ ކުންފުނިތަކުގެ މައްސަލަތައް ރާއްޖޭގެ ކޯޓުތަކުން ނުބަލިވާ ކަމަށާއި، އޭސީސީން ވެސް ނުބެލި ކަމަށެވެ. ނަމަވެސް މި މައްސަލަ ބަލަން އެދުނު ހާލަތުގައިވެސް އެކަން ކޮށްފައި ނުވާކަމަށް މަތީން ފާހަގަ ކުރެއްވިއެވެ. މަތީން ވިދާޅުވީ މިއަދުގެ ސަރުކާރު އޮތީ ނިދާފައި ކަމަށެވެ. ރާއްޖެ ބަގުރޫޓްވާ ވަރަށް ދަރނިވެރިވި އިރު ރައީސް ސޯލިހުވެސް އޮންނެވީ ނިދާފައި ކަމަށް ވިދާޅުވިއެވެ. މިގޮތުން އެންމެ އަގުބޮޑު ބިންތައްވެސް ދެވަނަ ދައުރެއްގެ ބޭނުމުގައި ހިލޭ ބަހާލީ ކަމަށްވެސް މަތީން ވިދާޅުވިއެވެ.

މަތީން މިފަދަ ގޮތަކަށް ވިދާޅުވެފައިވާއިރު ބަޖެޓް ހުށައެޅުމަށް މަޖިލީހަށް ހާޒިރުވެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ 2023 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމެންޓަރީ ބަޖެޓު ފައިނޭންސް ކުރާނީ ލިބޭ އާމްދަނީ އާއި ދަރަނިންކަމަށެވެ.

އަމީރު ވިދާޅުވީ، 2023 ވަނަ އަހަރަކީ ދިވެހިރާއްޖެއަށް އިގްތިސާދީ ގޮތުން ފަހި އަހަރެއް ނަމަވެސް މާލީ ގޮންޖެހުންތައް ބޮޑުވި ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ވަނީ ކޮވިޑްގެ ކުރީގެ ހާލަތަށް ރުޖޫއަވެފައިކަމަށާއި ރާއްޖޭގެ އިގްތިސާދު މި އަހަރު 8.7 އިންސައްތައިން ކުރިއަރާނެކަމަށް ލަފާ ކުރެއްވޭކަމަށެވެ. އެކަަމަކު އެއީ ކުރިން އަންދާޒާ ކުރި އަދަދަށް ވުރެ އިތުަރަށް އަދަދެއްކަމަށެވެ. އަދި އަމީރު ވިދާޅުވީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ތަންފީޒުކުރުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: