ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ޖެހިފައިވާ ނުބައި ސިޔާސީ އޮއިވަރުން ރާއްޖެ ސަލާމަތް ކުރެވޭނީ ޑރ. މުއިއްޒަށް

މުހައްމަދު ޝަރީފް(މޮންދު)
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިއޯ ޕޮލިޓިކްސްގެ ސަބަބުން ރާއްޖެ ޖެހިފައިވާ ސިޔާސީ އޮއިވަރުން ރާއްޖެ ސަލާމަތްކުރެވޭނީ ޑރ. މުހައްމަދު މުއިއްޒަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުހައްމަދު ޝަރީފް މިހެން ވިދާޅުވީ ޑރ މުއިއްޒު ހުވާ ކުރުމުގެ ރަސްމީއްޔާތަށް ހާއްސަކޮށްގެން ސަންގު އިން ގެނެސްދޭ ހާއްސަ ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ 17 ނޮވެމްބަރުގައި ހުވާ ކުރައްވާ އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ބައިނަލްއަގްވާމީ ގޮތުން (ޖިއޯ ޕްލޮޓީކްސްގައި ޖެހި) ސިޔާސީ ގޮތުން ރާއްޖެ ހަލަބޮލިވެ ގޮސްފައިވަނީ ނުބައި މިސްރާބަކަށް ކަމަށެވެ.

މިހެންކަމުން ރާއްޖެ ގޮސްފައިވާ ހިސާބުން ރާއްޖެ އޮތީ ވަރަށްވެސް ނާޒުކު ހިސާބެއްގައި ކަމަށާއި، ރާއްޖެ އެ ކަމުން ސަލާމްތް ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. މިހާރު ރާއްޖޭގެ ހާލަތު ހުރި ގޮތުން ކަންކަންގޮސްފައިވަނީ އެއްވެސް ވަރަކަށް ކަންކަން އެގޭ ގޮތަކަށްނޫން ކަމަށްވެސް ވިދާޅުވިއެވެ.

މީގޮތުން ރާއްޖޭގެ ހާލަތު ހުރީ ކަަންކަން އޮޅުން އަރާގޮތަަށް ކަމަށްވެސް ވިދާޅުވަމުން ފާހަގަކުރެއްވ،ީ މުއިއްޒުގެ ވެރިކަމުގައި އެންމެފުރަތަމަ ވެސް އިސްކަން ދެއްވާނީ ރާއްޖޭގައި ތިއްބެވި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލަން ކަމަށެވެ. ދެން އޭގެފަހުން ހާރިޖީ ސިޔާސަތާއި ގުޅޭ ކަންކަންވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

ޝަރީފް ފާހަނގަ ކުރެއްވީ މިއަދުގެ ސަރުކާރުން ފޮރިން ސާވިސް ހިންގާފައިވާ ވަނީ ވެސް ސިޔާސީ ގޮތަކަށް ކަމަށެވެ. ރާއްޖޭން ބޭރުގެ ކޮންސިއުލާ މިޝަން ތަކުގައ ތިބި މީހުންގެ ލިސްޓް ހަދާލިއިރު މިހާރުވެސް ތިބީ ގިނައިން ސިޔާސީ މީހުން ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އެކަންކަން ރަނގަޅަށް ބެލުމަށް އޮޑިޓެއް ހަދާފައިވާ ކަމަށާއި، އެކަކު ދެ މީހަކު ފިޔަވާ މުޅިންވެސް ތިބީ ސިޔާސީ މީހުން ކަމަށެވެ، އަދި މީގެ އިތުރުން އޮފީހަށް ހާޒިރުނުވާ މީހުންވެސް އެބަތިބި ކަމަށެވެ. މިފަދަ ގިނަމީހުން ރާއްޖޭން ބޭރުގައި މިހާރުވެސް އެބަތިބި ކަމަށާއި، ނަމަވެސް އަދިވެސް ރާއްޖެ އައިސްފައި ނުވާ ކަމަށެވެ. އެމީހުން މާލެ ނައިސް ތިބި ނަމަވެސް އާދައިގެ މަތިން އެކަން ކުރެވޭނީ ކަންކުރެވޭ އުސޫލުން ކަމަށެވެ. އެއީ ބޮޑު ކަމަކަށް ހަދައިގެން އުޅުނަސް އެކަން އެގޮތަށް ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ރީކޯލް ކުރުމުގެ ކުރިން ވަޒީފާއިން ދިއުމަކީ ރަނގަޅު ގޮތް ކަނަކަމަށްވެސް ވިދާޅުވިއެވެ. ޝަރީފް މިހެން ވިދާޅުވެފައިވާއިރު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިލެއްވުމާއި އެއްގޮތަށް ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް އަދި ކޮންސިއުލާ މިޝަންތަކުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ބައެއް މުވައްޒަފުން މި ހަފްތާގެ ނިޔަލަށް އެނބުރި އައުމަށް ފޮރިން މިނިސްޓްރީން އަންގައިފި އެވެ.

ކޮންސިއުލާ މިޝަންތަކުގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުން ވެސް އެނބުރި ރާއްޖެ އައުމުގެ އިންތިޒާމުތައް ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކަށް ފޮނުވާ މުވައްޒަފުންނަށް ދެވޭ އެލަވަންސްތަކާއި އިނާޔަތްތައް ދިނުމުގެ އުސޫލުގެ ދަށުން މިޝަންއިން އިންތިޒާމު ކުރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: