ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށި އެއާޕޯޓަށް މިހާރު ރޭގަނޑު ފްލައިޓް ޖެއްސޭނެ: އާރުއޭސީއެލް

ކޫޅުދުއްފުށި އެއަރޕޯޓަށް ރޭގަނޑު ޓެސްޓް ފްލައިޓް ޖައްސަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ ކުޅުދުއްފުށީ އެއަރޕޯޓްގައި ނައިޓް ލޭންޑިންގ ސިސްޓަމް ގާއިމްކޮށް އެ ހިދުމަތް ރަސްމީކޮށް ފެށުމަށް ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.

ކުޅުދުއްފުށި ރަންވޭގައި ލައިޓް ހަރުނުކުރެވި ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިއުމަށްފަހު، ނައިޓް ލޭންޑިންގ ހިދުމަތާއެކު އެ އެއަރޕޯޓުން ދޭ ހިދުމަތްތައް 24 ގަޑިއިރަށް ބަދަލުވެގެންދާނެއެވެ.

ކުޅުދުއްފުށި އެއަރޕޯޓް ހިންގުމާއި ހަވާލުވެފައިވާ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް ) އިން ބުނީ އެއަރޕޯޓްގައި ނައިޓް ލޭންޑިންގ ލައިޓް ހަރކުރެވި 24 ގަޑިއިރު ހިދުމަތް ދެވޭ ތަނަކަށް ބަދަލުވެގެން ދިއުމަކީ އެތަނުން ދޭ ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރެވިގެން ދިޔަ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުޅުދުއްފުއްޓާއި ކައިރި ރަށްރަށުގެ ރައްޔިތުނަނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބި ރޭގަނޑު ވައިގެ މަގުން ކުރާ ދަތުރު ތައް ކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެން ގޮސްފައިވާ ކަމަށް އާރުއޭސީއެލް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުއްލި ހާލަތްތަކުގައި ބަލި މީހުން ރޭގަނޑުގެ ވަގުތުތަކުގައި ވައިގެ މަގުން އުފުލުމަށް އޮތް ހުރަހަށް ނިމުމެއް އައިސް ރައްޔިތުންނަށް ހިތްހަމަޖެހުމެއް ލިބިގެން ދިއުމުގެ އިތުރުން ގެސްޓް ހައުސްތަކާއި ވިޔަފާރިތަކާއި ރިސޯޓްތައް ހިންގާ ފަރާތްތަކަށް އިތުރު މަންފާއެއް ލިބިގެންދާނެ ކަމަށް ވެސް އާރުއޭސީއެލް އިން ވަނީ ބުނެފައެވެ.

ކުޅުދުއްފުށި އެއަރޕޯޓްގެ އިތުރުން އާރުއޭސީއެލްގެ ދަށުން ހިންގާ ހޯރަފުށި  އެއަރޕޯޓާއި މާވަރުލު އެއަރޕޯޓްގައިވެސް ނައިޓް ލޭންޑިންގ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ކުޅުދުއްފުށި އެއަރޕޯޓްގައި ނައިޓް ލޭންޑިންގ ހިދުމަތް ދޭން ފެށުމާއެކު މިހާރު އާރުއޭސީއެލް އިން ހިންގަމުންދާ އެއަރޕޯޓްތަކުގެ ތެރެއިން 4 އެއަރޕޯޓަށް މިހާރު ރޭގަނޑު ދަތުރުކުރެވޭނެއެވެ.

އާރުއޭސީއެލް އިން ހިދުމަތް ދެމުންގެންދާ އެއަޕރޯޓް ތަކުގެ ތެރޭގައި ހދ ކުޅުދުއްފުށީ އެއަރޕޯޓާއި، ހދ ހަނިމާދޫ އެއަރޕޯޓްގެ އިތުރުން ގދ ފަރެސްމާތޮޑާ އެއަރޕޯޓާއި ފުވައްމުލަށް އެއަރޕޯޓް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: