ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓުގައި މެމްބަރުންގެ ކާރުކޮޅަށް ދަތިކުރާކަމަށް ބުނެ ޝަކުވާތަކެއް!

ވީއައިއޭގެ އާ ވީއައިޕީ ޓާމިނަލް/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭނުންކުމުގައި ލުއިފަސޭހަ ގޮތްތައް ނުލިބޭތީ އެކަމުގެ ޝަކުވާތައް މެމްބަރުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބާރ ސާވިސް އެންޑް ޕްރޮޓޮކޯލް ސެކްޝަނުގެ މެމްބަރުންނާއި ބައްދަލުކޮށް މަޖިލީހުގެ އާންމު ކޮމެޓީން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މަޖިލިސް މެމްބަރުންގެ ކާރުކޮޅު ވަދެ ނިކުމެ ހެދުމުގައި ދަތިތަކާ ކުރިމަތިވާކަމަށް ވިދާޅުވެފަ އެވެ. އެ މައްސަލަ ހައްލުކޮށްދިނުމަށް ގޮވާލައި މެމްބަރުން ވިދާޅުވ އެއާޕޯޓުގައި މެމްބަރުންނަށް ދަތިތަކެއް އެބަހުރިކަމަށާއި، ބޭނުންވަނީ އެމްއޭސީއެލްއާއި އެކު މަޝްވަރާކޮށްގެން ކުރިޔަށް ދިއުމަށް ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރާއްޖޭން ބޭރަށް ވަޑައިގެން ނުވަތަ އެހެނިހެންކަންކަމުގައި ވެސް ދަތުރެއް ކުރެއްވުމަށްފަހު، އެއާޕޯޓްގައި ކާރު ޕާކު ކުރުމުގައި ހުރިދަތިތައް ފާހަގަކުރައްވާފައި ވިދާޅުވެފައި ވަނީ އެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރެވަން ޖެހޭ ކަމަށެވެ.

ކާރު ބޭނުން ކުރެވޭއިރު، ދުއްވަން އިންނަ ޑްރައިވަރުގެ ލައިސެންސް ހިފެހެއްޓުމާއި، ލައިސެންސް ނެގުންފަދަ ކަންކަންވެސް އެއާޕޯޓްގައި ހިނގާފައި އެބަހުރި ކަމަށާއި، އަދި ޑްރައިިވަރާއި ސުވާލުކުރުން ގިނަވުމުގެ ޝަކުވާ ވެސް މެމްބަރުން ކުރި އެވެ.

އެގޮތުން މެމްބަރުންގެ ކާރު ޑްރައިވަރު އެއާޕޯޓް ސަރަހައްދުގައި ދުއްވުމުގައި ބޮޑަށް ދަތިތައް ފާހަގަވަނީ އެކަމަށް ޙާއްސަ ޑިވިޝަންތަކުން ސެކިއުރިޓީގައި ހުންނަ ބޭފުޅާއާއި ހަމަޔަށް މައްސަލަ ނުފޮނުވާ ކުރާ އަމަލުތަކެއްގެ ގޮތުގައިކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް މެމްބަރުން ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: