ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސް ތައްޔާރުނުވުމުން ދުސްތޫރީ މައްސަލައިގެ މިއަދުގެ އަޑުއެހުންތައް ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރު މަޖިލީހުގައި ކުރިއަށް ނުދާތީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ލިޔެކިޔުންތައް ލިބުން ލަސްވުމާއި އެކު މާދަމާއަށް ޑިމޮކްރެޓްސްއިން ހުށަހަޅާ ނުކުތާތައް ހުށަހަޅަން ފުރުސަތު ދީ މިއަދުގެ އަޑުއެހުން ނިންމާލައިފި އެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ 49 މެމްބަރުންގެ ސޮއިއާއި އެކު މަޖިލީހަށް ހުށަހަޅަފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުދާތީ އެ ޕާޓީއިން ވަނީ މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އަދި މި މައްސަލައިގައި ފުރަތަމަ އަޑު އެހުން މިއަދު ކުރިއަށްދިޔަ ނަމަވެސް، މި މައްސަލައަށް ތަދައްހުލުވެފައިވާ ދަ ޑިމޮކްރެޓްސްއިން ކޯޓުގައި އެދުނީ އިތުރު ފުރުސަތަކަށެވެ.

ޑިމޮކްރެޓްސްއިން ހުށަހަޅާ ނުކުތާތައް އިއްވުމަށް ދިން ފުރުސަތުގައި އެ ޕާޓީގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ވަކިވަކި މަޖިލިސް މެންބަރުންނަށް ތަދައްހުލުވާން ފުރުސަތު ނުލިބުމުން، ޕާޓީގެ ފަރާތުން އިއްޔެ ހަވީރު ތަދައްހުލްވުމަށް ނިންމާ ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

އިއްޔެ ހަވީރުން ފެށިގެން ސުޕްރީމް ކޯޓާ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ލިޔެކިޔުންތައް ލިބުނީ ރޭ 10:00 ޖެހި ފަހުން ކަން ޝާއިރު ފާހަގަ ކުރެއްވި އެވެ. ލިޔެކިޔުންތަކަށް ރިއާޔަތްކޮށް ހުށަހަޅާ ހުށަހެޅުންތަކަށް މާދަމާއާ ހަމައަށް ފުރުސަތެއް ދިނުމަށް ވަކީލު އެދިވަޑައިގަތެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ނިންމެވީ އެ ފުރުސަތު ދެއްވުމަށެވެ. އެ ފުރުސަތު ދެއްވުމަށް ނިންމެވުމަށް ފަހު، މާދަމާ ހެނދުނު 9:00 ޖަހާއިރު އަޑުއެހުން އޮންނާނެ ކަން އިއުލާން ކުރެއްވި އެވެ.

މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ.

ނައިބު ރައީސަށް ރިޔާސަތު ނުބެހެއްޓޭ ހާލަތެއްގައި ވާނެ ގޮތެއް ގަވައިދުގެ 205 ވަނަ މާއްދާގައި ނޯވެ އެވެ. ނައިބު ރައީސް އީވާ އަބްދުﷲ އުޅުއްވީ އަލާސްކަންފުޅާ، މަޖިލީހަށް ސަލާމުގަ އެވެ. ނަޝީދު ވަކިކުރުމުގެ މަސައްކަތް ނުފެށިގެން އުޅެނީ މަޖިލީހުން އެ ކަމަށް އެކަނި ރިއާޔަތްކޮށްގެންނެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނަނީ ނައިބު ރައީސް ފިޔަވައި އެހެން ބޭފުޅަކަށް ވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެއީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހަވާލާދީ އެވެ. އެ މާއްދާގައި ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެހެއްޓޭ ވަގުތު ރިޔާސަތު ބަލަހައްޓަން ފަސް މެންބަރަކު ކަނޑައަޅާފައި އޮންނަން ޖެހޭ ކަމެވެ.

މި މައްސަލަ ކުރިއަށް ގެންދަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދެވެ.

މި މައްސަލައަށް ތަދައްހުލުވެފައިވާ ޑިމޮކްރެޓްސްއަކީ، މަޖިލީހުގެ ރައީސް ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ ނިސްބަތްވާ ޕާޓީ އެވެ. އަދި އެއީ މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީ އެވެ.

އަދި އިިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީން ވެސް މައްސަލައަށް ތަދައްހުލްވެފައިވެ އެވެ. ޕީޕީއެމް/ޕީއެންސީގެ ނުވަ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: