ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމުރަށް ތަބާނުވާން ނިންމިއިރު، ސަރުކާރަށް ނިސްބަތްވާ މެމްބަރުން ދެކޮޅެއް ނުހަދާ: ޔައުގޫބް

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް:ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވުމަށް ނިންމިއިރު އޭރު މަޖިލީހުގައި ތިއްބެވި ސަރުކާރަށް ނިސްބަތްވާ މެމްބަރުންވެސް ނޯ ޖައްސަވާފައިނުވާކަމަށް މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޔައުގޫބްވަނީ ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ކޮށްފައިވާ އަމުރަށް ތަބާނުވުމަށް ވޯޓުން ނިމިގޮސްފައިވާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާއި އެއްގޮތަށް އަމަލު ނުކުރުމަށް ނިންމަާފައިވުމަކީ އެމްޑީޕީ އަދި މަޖިލީހުގެ މެމްބަރުންވެސް އެ އަމުރަށް ނުކިޔަމަންތެރިވުން ނޫންކަމަށެވެ.

ޔައުގޫބް ވިދާޅުވީ މަޖިލީހުގައި ގާތްގަނޑަކަށް 45 ވަރަކަށް މެމްބަރުން ތިއްބެވި އިރު އެކަމާއި ގުޅޭގޮތުން ނެގި ވޯޓު ފާސްވެގެންދިޔައީ އިއްތިފާގުންކަމަށެވެ. އަދި އެ ވަގުތު އެތަނުގައި ސަރުކާރަށް ނިސްބަތްވާ މެމްބަރުންވެސް ތިއްބެވިކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް 3 މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކު ފާސްނުކުރުމަށް ނޯ ޖަހާފައިނުވާކަމަށާއި އެ މެމްބަރުންނަށްވެސް މަޖިލީހުގެ ބާރަކަށް އެހެން ބާރަކަށް އަރައިގަނެވޭނެކަމަށް ގަބޫލުކުރެއްވޭކަމަށް ވިދާޅުވިއެވެ

އޭނާ ވިދާޅުވީ، އެ އަމުރަށް ތަބާނުވުމަށް ވޯޓަކުން ފާސްކޮށްފައިވާނީ ސުޕްރީމް ކޯޓާއި ރާއްޖޭގެ ޖުޑިޝަރީ ނިޒާމަށް މަޖިލީހުން އިހުތިރާމް ކުޑަކުރުމުގެ ގޮތުން ނޫންކަމަށެވެ. އޭނާ ވިދާޅުވީ، މެމްބަރުން ވޯޓު ދެއްވީ މަޖިލީހުގެ ގަދަރާތް ކަރާމަތް ހިމާޔަތްކުރުމަށްކަމަށެވެ.

ޔައުގޫބް ވިދާޅުވީ، މިއަދު މަޖިލީހުން ނިންމާފައިވާ ނިންމުމަކީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންވެސް ތަރުހީބު ދެއްވިކަމެއްކަމަށާއި އެހެންނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރުންކަމަށްވުމުން ވޯޓުގައި ބައިވެރިވާން ބޭނުން ނުވީކަމަށް ވިދާޅުވިއެވެ. އެހެންނަަވެސް ވޯޓު ދިން އިރު އެތަނުގައި ތިބި މެމްބަރުން ތިއްބެވި އިރު ފާސްނުކުރުމަށް ވޯޓު ދެއްވާފައިނުވާކަމަށާއި ހިންގާފައިވަނި ސުޕްރީމް ކޯޓުގެ ބާރަކަށް އަރައިގަތުމުގެ އަމަލެއް ނޫންކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މިއަދު ހިމާޔަތްކުރެވިގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ބާރާއި މަސައްކަތްތައްކަމަށާއި އެއީ ރައްޔިތުންގެ ބާރެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން އަމަލަކީ އެހެން ބައެއްގެ ބާރަކަށް އަރައިގަތުމެއްވެސް ނޫންކަމަށާއި އެއީ އެހެން ބާރަކަށް ގޮންޖެހުމެއްވެސް ނޫންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: