ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހު ބޭނުން ވަނީ މުއިއްޒުއަށް ޖެއްސުންކޮށް އުނދަގޫ ކުރަން: އިލްޔާސް

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ބޭނުންފުޅުވަނީ އަންނަންއޮތް ސަރުކާރަށް ދަތިކުރުމުގެ ފިޔަވަޅު އަޅަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި އިލްޔާސް ވިދާޅުވީ ސަރުކާރުން 17 ނޮވެމްބަރުގައި ގެއަށް ވަޑައިގަންނަވާއިރު ދެންއަންނަ ސަރުކާރުގެ ބޮލުގައި ދަރަނިތައް އަޅުވަން އުޅޭކަމަށް ތުހުމަތު ކުރެވޭކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އުޅެނީ ކުރަން ހުރި ރަނގަޅު ކަންކަން ނުކުރައްވާ ދައުލަތް ބަނގުރޫޓުވާނެ ފަދަ ކަންކަން ކުރައްވަންކަމަށެވެ. އަދި ސަރުކާރުން ދައްކަންޖެހޭ ދަރަނިތައް ދައްކަވާނެ ގޮތެއް ހޯއްދަވަން ޖެހެވަޑައިގަންނަ ވާނީ އަލަށް ވަޑައިގަންނަވާ ފިނޭންސް މިނިސްޓަރެއް ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

ދަރަނި ދެއްކޭނެ ގޮތް އެމްޑީޕީން ހޯދަން ނޫޅޭކަމަށް ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ އެކަން ހައްލު ކުރުމަށް މަޖިލީހުން އެ ގާނޫނުގެ ސަސްޕެންޝަން އިތުރުކުރަން ޖެހޭކަމަށެވެ. އަދި ގަވައިދު ބުނާގޮތުން ނަމަ ނޮވެމްބަރު މަހުގެ ނިޔަލަށް މަޖިލިސް ރިސެސެސްއަށް ދާކަމަށެވެ. އެމްޑީޕީން މިހާރުވެސް ބުނަމުންދަނީ ސަރުކާރަށް އެއްބާރުލުން ނުދޭނެކަމަށެވެ. އެހެންނަމަވެސް ސަރުކާރަށް އެއްބާރުލުން ދެއްވާނަމަ ރުފިޔާ ދެއްކޭނެ ގޮތެއް ހަމަޖައްސާ ބަޖެޓުގައި އެކަން ހިމަނައި އެރުފިޔާ އަނބުރާ ދައްކަވަނާކަމަށް އިލްޔާސް ވިދާޅުވިއެވެ.

މީގެއިތުރުން އިލްޔާސް ވިދާޅުވީ ސަރުކާރުން އިހްލާސްތެރިކަމާއެކު މަސައްކަތް ކުރައްވާނަމަ ބޭރުން ނަގައިވައިފާ ލޯނުތަަށް އަނބުރާ ދައްކާނެ ގޮތެއް ހޯއްދަވާނެ ކަމަށާއި އަދި ކަންކަން ކުރައްވާނީ ދެފުއްފެންނަގޮތަށް ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން އޮފިސްތަކުގައި އުޅޭ މުވައްޒަފުންނަށް މުސާރަ ބޮޑު ކުރުމާއި އިތުރު މަޝްރޫއުތަކަށް ސޮއި ކުރައްވަން އުޅޭތަން ފެންނަ ކަމަށާއި ހަރަދު ބޮޑު ކުުރަން އުޅޭތަމް ފެނިވަޑައިގަންނަވާކަމަށް އިލްޔާސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: