ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުވާކުރާ ޖަލްސާގައިވެސް ރައީސް ނަޝީދުގެ މައްސަލަ އެޖެންޑާ ކުރަން ޖެހޭނެ: އެމްޑީޕީ ވަކީލް

ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާގައި ފުރަތަމަ ކުރަން ޖެހޭ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުންކަމަށް ސުޕްރިމް ކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަލައިގައި އެމްޑީޕީ ތަމްސީލުކުރައްވާ ޤާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއިން މިގޮތަށް ހުށަހަޅާފައިވަނީ މިއަދު ސުޕްރިމް ކޯޓުގައި ކުރިއަށްދިޔަ މި މައްސަލައިގެ ދެވަނަ އަޑުއެހުމުގައެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރަން ހުށައަޅާ ގަރާރެއްގެ މަސައްކަތް ނުނިންމާ މަޖިލީހުގައި އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. އަދި އެ އުސޫލު އިންތިޚާބީ ރައީސް ހުވާކުރައްވާ ޖަލްސާއަށް ވެސް ފެތޭނެ ކަމަށް އެމްޑީޕީންގެ ވަކީލު ވިދާޅުވި އެވެ.

އެގޮތުން އިންތިޚާބީ ރައީސް ހުވާކުރައްވާ ޖަލްސާގެ އެޖެންޑާގައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ޤަރާރުގެ މަސައްކަތް ހިމަނަން ޖެހޭނެކަމަށް އެމްޑީޕީގެ ވަކީލު ވިދާޅުވިއެވެ.

އެކަން އެގޮތަށް ކުރަންޖެހޭ ސަބަބު ތަފްސީލުކޮށްދެއްވަމުން އެމްޑީޕީގެ ވަކީލު ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި އޮއްވާ، އެއްވެސް ޖަލްސާއެއް ކުރިއަށް ގެންދެވޭނީ އެ މައްސަލަ ނިންމާފައިކަމަށް ގަވައިދުގައި އޮންނާތީ ކަމަށެވެ.

އެމްޑީޕީގެ ވަކީލު މިފަދައިން ވިދާޅުވެފައި ވީ ނަމަވެސް ނަޝީދުގެ މައްސަލައިގައި ސުޕްރިމް ކޯޓުން ބޭއްވި ފުރަތަމަ އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ސުވާލަށް ޖަވާބުދެއްވަމުން ބަންޑާރަ ނައިބުގެ އޮފީހުގެ ޤާނޫނީ ވަކީލު ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމި އޮތް ނަމަވެސް އިންތިޚާބީ ރައީސް ހުވާކުރެއްވުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައި ވަނިކޮށް މަޖިލީހުގައި އިތުރު މަސައްކަތްކެއް ކުރިއަށް ނުގެންދެވޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް މަޖިލީހުގެ ގަވައިދުގައި ބަޔާންކުރަނީ ދެކަމެއްގެ ވާހަކަ ކަމަށާއި، އެއީ މަޖިލީހަށް ހުށަހެޅިފައިވާ ކަމަކަށް ބަހުސް ކުރުމާއި ފާސްކުރަން އޮތް ކަމެއް ފާސްކުރުންކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ފާހަގަކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: