ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގައި ގއ. އަތޮޅުގެ ތަމްސީލްކުރާ ހަތަރު ދާއިރާގައި ހިމެނޭ ރަށްތައް ހިމަނާފައިވާ ގޮތަށް ބަދަލެއް

ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާ ގުޅޭގޮތުން އާންމުން ހުށަހެޅި ޝަކުވާތަކާއި ހިޔާލުތަކަށް ބަލައި ގއ. އަތޮޅުގެ ހަތަރު ދާއިރާގައި ރަށްތައް ހިމަނާފައިވާ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބަދަލު ގެނެސްފި އެވެ.

އަންނަ އަހަރު އޮންނަ މަޖިލީހުގެ އިންތިހާބުގެ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓު މިދިޔަ ސެޕްޓެމްބަރު އާންމުކުރި އިރު، ޖުމްލަ 15،510 މީހުން އާބާދީއެއް އޮންނަ ގއ. އަތޮޅުގެ ނުވަ ރަށް ބަހާފައިވަނީ ހަތަރު ދާއިރާއަކަށެވެ.

ވިލިނގިލި ދާއިރާގައި ހަމައެކަނި އެ ރަށް ހިމަނާފައިވާ އިރު، ދާންދޫ ދާއިރާގައި ހިމެނެނީ ދާންދޫގެ އިތުރުން، ނިލަންދޫ އަދި މާމެންދޫ އެވެ. ގެމަނަފުށި ދާއިރާގައި ގެމަނަފުއްޓާއި، ކަނޑުހުޅުދޫ އަދި ކޮނޑޭ ހިމެނޭ އިރު، ކޮލަމާފުށި ދާއިރާގައި ހިމަނާފައިވަނީ ކޮލަމާފުށީގެ އިތުރުން ދެއްވަދޫ އެވެ.

ދާއިރާތަކަށް ރަށްތައް ބަހާފައިވާ ގޮތް ރަނގަޅު ނޫން ކަމަށް ބުނެ އަމިއްލަ މީހަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން، އީސީން ދިން ޖަވާބުގައި ވަނީ ވަގުތީ ރިޕޯޓުގައި ގއ. އަތޮޅުގެ ދާއިރާތަކަށް ރަށްތައް ކަނޑައެޅި ގޮތަށް ބައެއް ބަދަލުތައް ގެނެސްފަ އެވެ.

އީސީން ގެނެސްފައިވާ ބަދަލުގެ ދަށުން، ގެމަނަފުށި ދާއިރާގައި މިހާރު ހިމެނެނީ ގެމަނަފުއްޓާއި، ކަނޑުހުޅުދޫ އަދި ދެއްވަދޫ އެވެ.

ދާންދޫ ދާއިރާއަށް ބަދަލު ގެނައީ ދާންދޫގެ އިތުރުން، ނިލަންދޫ އަދި ކޮނޑޭ ހިމެނޭ ގޮތަށެވެ. އަދި މާމެންދޫ މިހާރު ވަނީ ކޮލަމާފުށި ދާއިރާގެ ތެރޭގައި ކޮލަމާފުއްޓާ އެކު ހިމަނައިފަ އެވެ.

މި ބަދަލު ގެނައީ އީސީން ބުނެފައިވާ ގޮތުގައި، ކޮލަމާފުށި ދާއިރާގައި ދެއްވަދޫ ހިމެނުމުގެ ބަދަލުގައި މާމެންދޫ ހިމެނުމުން ދާއިރާގެ އާބާދީ އެއް ހަމަ ކުރެވޭނެ ކަމަށް ފެންނާތީ އެވެ.

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އިންތިހާބުކުރާ މެމްބަރުންގެ އަދަދު 93 އަށް އިތުރުކުރަން އިލެކްޝަންސް ކޮމިޝަނުން ކުރިން އޮތީ ނިންމައިފަ އެވެ. މިހާރު ތިއްބަވާ 87 މެމްބަރުންގެ ބަދަލުގައި 93 މެމްބަރުން އިތުރުކުރަން ނިންމީ އާބާދީ އަށް ބެލުމަށް ފަހު ބައެއް ދާއިރާތައް އިތުރުކުރަން ނިންމުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: