ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން އަދިވެސް އެދެނީ މަޖިލީހުގެ އަޣުލަބިއްޔަތުން ކަންކަން ނިންމުމަށް ހުރަސް ނޭޅުމަށް!

ހިތަދޫ އުތުރު ދާއިރަގެ މެމްބަރު އަދި އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ އަޣުލަބިއްޔަތުން ކަންކަން ނިންމުމަށް ހުރެސްއެޅިދާނެހެން ކަންކަން ނުކުރެއްވުމަށް އެމްޑީޕީއިން އެދިއްޖެ އެވެ.

އެމްޑީޕީގެ ފަރާތުން ދިވެހި ދައުލަތަށް ނިސްބަތްވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި، މަޖިލީހުގެ ރިޔާސަތުންނާއި، މަޖިލީހުގެ އިދާރާއިން މަޖިލިސް ހުއްޓުވާފައި އޮތް އޮތުމަށް ނިމުމެއް ގެނެސްދެއްވައި، އެ ޕާޓީން އެދިފައިވާ ގޮތަށް މަޖިލިސް ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ އިދާރާގެ މައްޗަށް އަމުރުކުރުކޮށް ސުޕްރީމްކޯޓުން ޙުކުމްކޮށްފައިވާތީ، އެކަމަށްޓަކައި، ޕާޓީގެ އިސްލީޑަރ އަދި ރާއްޖޭގެ ރައީސްލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށާއި، ޕާޓީގެ އެންމެހައި މެންބަރުންނަށް އެމްޑީޕީއިން ވަނީ މަރުޙަބާ ދަންނަވާފައެވެ.

މި މައްސަލައިގައި ނެރުން ނޫސް ބަޔާނުގައި އެމްޑީޕީއިން ބުނީ ސުޕްރީމް ކޯޓުގެ މި ޙުކުމަކީ، ޤާނޫނުއަސާސީގެ ސިޔާދަތު ކަށަވަރުކޮށްދީ، މިރާއްޖޭގައި މި އޮތް ޤާނޫނީ ވެރިކަން ނަގަހައްޓައިދިން ޙުކުމެއްކަމަށެވެ. އަދި މިއީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުން ވަކިކުރުމަށް މި ޕާޓީން ހުށަހަޅާފައިވާ ޤަރާރުގެ މަސައްކަތް ހުއްޓުވުމުގެ ނިޔަތުގައި، މަދު ބަޔަކު ދިވެހި ދައުލަތުގެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގައި”މަރުތަޅު” އަޅުވާފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށްޓަކައި މި ޕާޓީން ކުރި މަސައްކަތަށް ލިބުނު ފުރިހަމަ ކާމިޔާބީއެއްކަމަށް ފާހަގަކޮށްފައިވެއެވެ.

އެމްޑީޕީގެ އުންމީދަކީ، ކުރިއަށް އޮތް ތަނުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ޚިލާފު އެއްވެސް ކަމެއް މަޖިލީހުގެ އިދާރާއިން ނުކުރެއްވުންކަމަށް ޕާޓީއިން މިކަމާއި ގުޅިގެން ނެރުން ބަޔާނުގައި ބުނެފައިވެއެވެ. އަދި އެއްވެސް ފަރާތަކުން، ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތްވާގޮތުގެމަތިންން، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ކަންކަން ނިންމުމަށް ހުރެސްއެޅިދާނެފަދައަކުން ކަންކަން ނުކުރެއްވުމަށް އެދިފައިވެއެވެ.

ދިވެހި ރައްޔިތުންގެ އެންމެހައި ޙައްޤުތަކަށް ރައްކާތެރިވެ، ޤާނޫނުއަސާސީން އަޅުގަނޑުމެންނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުންމަތީ ދެމިތިބޭނެ ކަމުގައްޔާއި، އަދި އެމަސައްތަކަށް ހުރަސްއެޅުމަށް ކުރެވޭ ކޮންމެ ކަމެއް ހުއްޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއްމެ، ކުރަމުން ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި އެންމެހައި ރައްޔިތުންނަށް އެމްޑީޕީއިން ވަނީ އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: