ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބޫދާބީ ފަންޑުން ލާރި ހަމަޖެހުނީ ސީދާ އެ ބައްދަލުވުމުގައި ހުށައެޅި ހުށައެޅުމަކަށް: އިންތިހާބީ ރައީސް

ޑރ މުއިއްޒު އެއާޕޯޓުގެ މަޝްރޫއު ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މަޝްރޫއު ނިމުމަށް ބޭނުންވާ ފައިސާގެ ތެރެއިން ޔޫއޭއީ އިން ހަމަޖައްސަވައިދެއްވި 80 މިލިއަން ޑޮލަރުގެ އެއްވެސް މުއާމަލާތެއް މި ސަރުކާރުން ކޮށްފައިނުވާނެކަމަށާއި، އެކަމުގެ ހުރިހާ މުއާމަލާތެއްކޮށް ފައިސާ ހަމަޖެއްސީ ސީދާ އެމަނިކުފާނުގެ ހުށަހެޅުމަކަށް ދޭން ނިންމި ފައިސާ ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ވީއައިއޭގެ މަޝްރޫއުތައް ބައްލަވާލެއްވުމަށް، އެ ތަނަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ޑރ މުއިއްޒު ވިދާޅުވީ އެއީ އެމަނިކުފާނު ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިން، ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ހުށައެޅުއްވިކަމެއްކަމަށެވެ. އަދި މީގެ ކުރީގައި އެއާއި ގުޅޭ އެއްވެސް މުއާމަލާތެއްކޮށްފައިނުވާކަމަށް ތަކުރާރުކޮށް ޑރ މުއިއްޒު ވިދާޅުވިއެވެ.

އޭގެ ކުރީގައި އެއްވެސް ކަމެއް ނިމިފައި އޮތް ކަމެއް ނޫން. އަޅުގަނޑު އެ ބޭފުޅުންގެ ހުއްދަ ހޯދައިގެން މާލެ އައިސްފައި އިއުލާނު ކުރީ ވެސް.

ޑރ މުއިއްޒު ވިދާޅުވިއެވެ.

މިކަން ކުރިއަށް ގެންދާނީ ކަމާއި ބެހޭ އުސޫލުތަކުގެ ތެރެއިން، މިހާރުވެސް އަބޫދާބީ ފަންޑުން އެހީތެރިކަންދޭ އުސޫލުގެ ދަށުން ފިނޭންސް މިނިސްޓްރީއާ ގުޅިގެންކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ޑރ މުއިއްޒު އެއާޕޯޓުގެ މަޝްރޫއު ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން.

މީގެ އިތުރުން ޑރ މުއިއްޒު ވިދާޅުވީ މިހާރު މަޝްރޫއުގެ ސްކޯޕް އޮތް ގޮތުން މި މަޝްރޫއު 2025 ވަނަ އަހަރާއި ހަމައަށް ދިގުދެމިގެންދާނެކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ އުއްމީދަކީ އަންނަ އަހަރުގެ އޮކްޓޯބަރ މަހަށް މަޝްރޫއު ނިންމާލެއްވުންކަން ޑރ މުއިއްޒު ފާހަގަކުރެއްވިއެވެ.

އެ ސްކޯޕުގައި ނުހިމެނޭ މަސައްކަތްތައްވެސް އެބަހުރިކަމަށް ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވި ގޮތުގައި އެ މަސައްކަތްތަކާއި ނުލައި ތަން ބޭނުން ނުކުރެވޭނެކަމަށެވެ. އެގޮތުން ސަރވިސް ރޯޑް ހެދުމަށް ހަވާލުކޮށްފައި ނެތްކަމަށާއި، މިއީ ވަރަށް މުހިންމު މަސައްކަތެއްކަމަށް ފާހަގަކޮށް ޑރ މުއިއްޒު ވިދާޅުވީ އެ މަސައްކަތް ނިންމޭނީ 10 ވަރަކަށް މަސް ދުވަހުންކަމުން މިހާރުން މިހާރަށް މަސައްކަތް ހަވާލު ކުރަންޖެހޭކަމަށެވެ.

ޑިއުޓީ ފްރީ އޭރިއާގެ މަސައްކަތް ނިމުމަށްވެސް ހަވާލުކޮށްފައި ނެތްކަމަށް ވިދާޅުވިއެވެ. އާމްދަނީގެ ބޮޑު ބަޔަކީ ޑިއުޓީ ފްރީ މެދުވެރިކޮށް ލިބޭ އެއްޗެއްކަމަށް ފާހަގަކޮށް ޑރ މުއިއްޒު ވިދާޅުވީ ހަގީގީ ފައިދާ ލިބޭނީ އެ މަސައްކަތްވެސް ނިމިގެންކަމަށެވެ.

ޑރ މުއިއްޒު އެއާޕޯޓުގެ މަޝްރޫއު ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން.

މިއީ ފުރިހަމަ އެއާޕޯޓެއްކަމަށް ހަދާނަމަ ޖެޓް ސަރވިސްވެސް މުހިންމުކަމަށާއި، ޕާކިންއަށް ހާއްސަކޮށް ޕްލޭންތަކެއްކޮށް ހައްލު ހޯދަން ޖެހޭކަމަށާއި، ނަމަވެސް މިކަންކަން އެއްވެސް ބަޔަކާއި ހަވާލުކޮށްފައިނުވާކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. އޭޕްރަންވެސް ބޮޑުކުރަންޖެހޭކަމަށާއި، ޓޫރިސްޓް އޭރިއާ ނިންމުމަށްވެސް އެއްވެސް ބަޔަކާއި ހަވާލުކޮށްފައިނުވާކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

އެހެންކަމުން މިކަންކަމަށް ފަންޑިން ބޭނުންވަނީނަމަ އެކަންވެސް ހަމަޖައްސަވާ، މިއީ އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތްކަމަށް ހައްދަވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: