ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމާސްގެ ހަމަލާއަކީ ފަލަސްތީނުގެ ރައްޔިތުންނަށް އަދަބު ދޭންޖެހޭ ސަބަބެއް ނޫން: އދގެ ސެކްރެޓަރީ ޖެނަރަލް

އ ދ ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަމާސްއިން ދީފައިވާ ހަމަލާއަކީ ފަލަސްތީނުގެ ރައްޔިތުންވެސް ހިމެނޭހެން އަދަބު ދޭން ޖެހޭ ސަބަބެއް ނޫންކަމަށް އދގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓޭރެޒް ވިދާޅުވެއްޖެއެވެ.

އދ އިން އިސްރާއީލުގެ މައްޗަށް ފަލަސްތީނުގައި ހިންގަމުންދާ ކަންކަމުގެ ޒިންމާ އަޅުވަމުންދާކަމަށް ބުނެ އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނުރުހުންފާޅުކުރުމާއިއެކު، ބައިނަލްއަގުވާމީ މިޑިއާތަކުންވަނީ އެކަމާއި ގުޅޭގޮތުން އދ ގެ ޖެނަރަލް ސެކްރެޓަރީ ގުޓޭރެޒް އާއި ސުވާލުކޮށްފައެވެ.

އޭނާ ވިދާޅުވީ، ނަތަންޔާހޫ ދައްކަމުންދަނީ ތެދު ވާހަކަތަކެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ކަންކަން ހުރި ގޮތުން، އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، އަބަދުވެސް ހަމާސް ޖަމާއަތުގެ އަމަލުތައް ކުށްވެރިކުރައްވާފައިވާނެކަމަށާއި، އެ ޖަމާއަތުން ހިންގާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ޖަމާއަތުން ވަނީ އަންހެނުންނާއި ކުޑަކުދިންވެސް މަރާފައިކަމަަށާއި އެކަންކަންވެސް ކުށްވެރިކުރައްވާކަމަށެވެ.

އެހެންނަމަވެސް އުސޫލެއްގެ ދަށުން ބަލާއިރު، ހަމާސް ޖަމާއަތުގެ މީހުންނަކީ ފަލަސްތީނުގެ ރައްޔިތުން ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ފަލަސްތީނުގެ ރައްޔިތުންނާއި ހަމާސްގެ ހަނގުރާމަވެރިންގެ ދެމެދު ތަފާތުކުރެވެންޖެހޭކަމަށް ގުޓޭރެޒް ފާހަގަކުރެއްވިއެވެ. އެހެންކަނުން ހަމާސްގެ ޖަރީމާތައް ފަލަސްތީނުގެ ރައްޔިތުންނަށް އަދަބު ދިނުމަށް ސަބަބެއްގެ ގޮތުގައި ބޭނުން ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
62%ވަރަށް ގަދަ 3%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 10%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: