ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިންނަށް ހާއްސަކޮށް ދާއިރާއާއި ގުޅޭ ސްކޮލާޝިޕް ދޭން ވަނީ ނިންމާފައި: މުއިއްޒު

“ނޫސްވެރިންގެ ގުންޒަރު” ނަމުގައި ސޯޝަލް ސެންޓަރުގައި ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ އަހަރަކު ވެސް ނޫސްވެރިކަމުގެ ދާއިރާއާއި ގުޅޭ ކޯސްތަކުގައި ވަކި އަދަދަކަށް ސްކޮލަޝިޕް ދިނުމަށް ނިންމާފައިވާކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

”ނޫސްވެރިންގެ ގުންޒަރު“ ގެ ނަމުގައި ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ބައްދަލުވުމުގައި ”ސަންގު“ އިން ވަނީ ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އެދި މި ދާއިރާގައި މަތީ ތައުލީމު ހާސިލު ކުރުމަށް ހުރި ދަތިތައް ފާހަގަކޮށްފަ އެވެ. އެގޮތުން ގައުމީ ޔުނިވާސިޓީގައި މާސްޓަސްއަށް ކުދިން ހަމަނުވެ ކޯސްތައް ނުފެށުމާއި، ދައިރާއާއި ގުޅުން ހުރި ޕަބްލިކް ރިލޭޝަންސް ކޯސްތައް ނުވަތަ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ފަދަ ކޯސްތައް އަގުބޮޑުކަން ފާހަގަކުރި އެވެ.

އޭގެ ސަބަބުން މާލީ ދަތިތަކާއި ހުރެ، ކުރިޔަށް ދާން އުނދަގޫކަމާއި ވަކިވަކިން ހިނގޭ ކުރު ތަމްރީނު ޕްރޮގްރާމުތަކަށް ވުރެ މިފަދަ ކޯސްތައް ޒުވާން ނޫސްވެރިންނަށް މުހިންމުކަން ފާހަގަކުރުމުން މުއިއްޒު ވިދާޅުވީ މީޑިއާގެ ދާއިރާއިން ކުރިޔަށް ދިއުމަށް ބޭނުންވާ ޒުވާނުންނަށް ތައުލީމު ފުރިހަމަ ކުރުމުގައި އެހީތެރިކަން ދިނުމަށް ކެމްޕެއިނުގައި ވެސް ވައުދުވެވަޑައިގެންނެވި ކަމަށެވެ.

އިންތިހާބީ ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ތައުލީމީ ނިޒާމުގެ ތެރެއިން އެކަން ފަހިކޮށްދެއްވާނެ ކަމަށެވެ.

އަޅުގަނޑު ގަސްދު ކުރަނީ، ނޫސްވެރިކަމުގެ ދާއިރާގެ ކޯސްތަކުގައި ކޮންމެ އަހަރަކު ވަކި އަދަދެއްގެ ކޯސްތަކުގައި ސްކޮލަޝިޕް ދީގެން ހިލޭ ކިޔެވޭނެ ގޮތް ހަމަޖައްސާނަން

ނޫސްވެރިންނަށް ބޭނުންވާ ތައުލީމާއި، ތަމްރީނުތަކަށް އެމަނިކުފާނުގެ ސަރުކާރެއްގައި ފަހިކޮށްދޭނެކަމަށް ވި ވައުދު މުއިއްޒު ވަނީ ރޭ ތަކުރާރު ކުރައްވާފަ އެވެ.

މީގެއިތުރުން މީޑިއާ ސްޓޭޝަންތައް ހިންގުމަށް ބޮޑެތި އަގު ދީ، އިމާރާތްތައް ކުއްޔަށް ނަގާފައި ހުންނައިރު އެކަމަށް މުއިއްޒު ވިދާޅުވީ އެއީ ވަގުތުން ވަގުތަށް ހައްލު ނުކުރެވިދާނެ ކަންބޮޑުވުމެއް ނަމަވެސް މާލެ ސަރަހައްދުގައި މިޑިއާ ވިލެޖެއް ގާއިމު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: