ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު ޒަމީރު ވިދާޅުވީ އިންޑިޔާއެކު ކުރިންވެސް އޮތް ގުޅުން ކުރިއަށް ގެންދެވޭނެ ކަމަށް

ފޮރިން މިނިސްޓަރު މޫސާ ޒަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިޔާއެކު ކުރިންވެސް އޮތް ގުޅުން ކުރިއަށް ގެންދެވޭނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މޫސާ ޒަމީރު އެމަނިކުފާނުގެ އެކްސްއެއްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުންމީދު ކުރަނީ، ރާއްޖެ އާއި، އިންޑިޔާ އާއި ދެ ޤައުމުގެ ދޭތެރޭގައި އޮތް ގުޅުމާއި މަސްލަހަތާއި، ކަންބޮޑުވުމަކަށް ނިމުމެއް ގެންނާނެ ކަމަށެވެ. އަދި ދެ ގައުމު އެކުއެކީގައި ގުޅިގެން މަސައްކަތްކުރައްވައި، ދެޤައުމުގެ ރައްޔިތުންގެ ކުރިއެރުމަށްޓަކައި، މަސައްކަތް ކުރައްވާނެ ކަމަށެވެ.

އިންޑިއާއި ރާއްޖެ އާއި ދެ ދެޤައުމުގެ މެދުގައި ޒަމާނުއްސުރެ ބަދަހި ކުރެވިފައިވާ ގުޅުން އަލުން ބައްޓަންކޮށް، ކުރިއަށް ގެންދިޔުމުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު އެބޭފުޅާގެ އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްތަރަށް މަރުހަބާ ދަންނަވާފައިވާތީއެވެ.

އެގޮތުން  މިނިސްޓަރު ޖައިޝަންކަރުގެ ޕޯސްޓުގައި ވަނީ ޒަމީރަށް މަރުހަބާ ވިދާޅުވެ މަސްލަހަތު ހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަން ހާމަ ކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: