ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫރަޕަށް އެކްސްޕޯޓުު ކުރާ މަހުން ނަގާ ޑިއުޓީ ކުޑަކުރަން މަޝްވަރާކޮށްފި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ފްރާންސްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީން ފްރާންސޯ ޕެކްޓެޓްއާއި ބައްދަލުކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫރަޕަށް އެކްސްޕޯޓުުރާ މަހުން ނަގާ ޑިއުޓީ ކުޑަކުރުމާ ގުޅޭގޮތުން، ފޮރިން މިނިސްޓަރު މޫސާ ޒަމީރު ފްރާންސްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީން ފްރާންސޯ ޕެކްޓެޓްއާއި މަޝްވަރާކުރައްވައިފިއެވެ.

މަސްވެރިން ބާނާ މަހަށް ހަމައަގު ލިބުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކަށް ރާއްޖެއިން މަސް އެކްސްޕޯޓްކުރުމަށް ނަގާ ޑިއުޓީ ބޮޑުވުންކަމަށް މީގެ ކުރީގައިވެސް ފާހަގަކުރެވުނެވެ. މިދިޔަ ސަރުކާރުން ޑިއުޓީ ކުޑަކުރުމުގެ މަސައްކަތްތަކެއް ކުރި ނަމަވެސް، މިކަން ހާސިލްވެފައެއް ނުވެއެވެ.

މިކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރި ބައްދަލުވުން ކުރިއަށް ގެންދިޔައީ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި އިގްތިސާދީ ތަރައްގީއާއި މޫސުމަށް އަންނަ ބަދަލުތަކާއި ސަލާމަތީ އެއްބާރުލުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނުކަމަށް މިނިސްޓްރީއިން މައުލޫމާތު ދީފައިވެއެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރުކުރުމާއިމެދު މަޝްވަރާ ކުރިއިރު، ޔޫރަޕަށް ދަތުރުކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަކޮށްދިނުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރެވުނުކަމަށް މިނިސްޓްރީން ބުންޏެވެ. ދެ ގައުމުގެ މަސްލަހަތު އޮތް ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށްކަމަށް މިނިސްޓަރު ވަނީ މި ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ޔޫރަޕްގެ ސަފީރުވެސް ވަނީ މި ވާހަކަތަކައް އެއްބަސްވެވަޑައިގެންފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: