ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމީ މައްސަލަތައް ކުރިމަތިވާ ކުދި ގައުމުތަކަށް އެހީވުމަށް އީޔޫއިން ބޮޑެތި ގައުމުތަކަށް ގޮވާލައިފި

އީޔޫގެ ކޮމިޝަނަރ ފޯ ކްލައިމެޓް އެކްޝަން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާ ފަދަ ބޮޑެތި ގައުމުތަކުން މޫސުމީ މައްސަލަތައް ކުރިމަތިވެފައިވާ ކުދި ގައުމުތަކަށް އެހީވުމުގެ ގޮތުން ފަންޑަކަށް ފައިސާ ޖަމާކުރަންޖެހޭކަމަށް ޔޫރަޕިއަން ޔުނިއަންގެ މޫސުމީ ކަންކަމާއި ބެހޭ އެންމެ އިސް ފަރާތްކަމަށްވާ ވޯކަ ހޯކްސްޓްރާ ވިދާޅުވެއްޖެއެވެ.

މީޑިއާތަކުން ބުނާގޮތުން، ހޯކްސްޓްރާވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ގައުމުތަކަށް ބޮޑެތި ގޮންޖެހުންތައް ދިމާވަމުންދާ މައްސަލައަށް އަލިއަޅުއްވައި އެ މައްސަލަ ހައްލުކުރުމަށް ބޮޑެތި ގައުމުތަކުން މަސައްކަތްކުރުމަށް އިރުޝާދު ދެއްވާފައެވެ. އެގޮތުން ޗައިނާ އަދި އެހެނިހެން މަތީ އަދަދުތަކަށް ގްރީން ހައުސް ގޭސް އުފައްދާ ގައުމުތަކާއި ގަލްފުގެ ތެޔޮ އުފައްދާ ގައުމުތަކުން ކުޑި ގައުމުތަކަށާއި ފަގީރު ގައުމުތަކަށް އެހީ ފޯރުވަން ނުޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގިނަ އަދަދެއްގެ ފައިސާގެ ބޭނުންޖެހިފައިވާކަމަށާއި އެހެންކަމުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރި އެންމެހާ ފަރާތްތަކުންވެސް އެ ފަންޑަށް ފައިސާ ޖަމާކުރުމުގައި ބައިވެރިވުމަށް އޭނާ އެދިވަޑައިގަތެވެ. މޫސުމާއި ގުޅުން ހުރި ކަންކަމަށް ކުރުމަށް ބޮޑެތި އަދަދުތަކުން ފައިސާ ބޭޏުންވާކަމަށާއި މިހާރު ލިބެމުންދާ އަދަދުތަކަށްވުރެ އެތައް އިންސައްތައެއް އިތުރަށްވެސް ފައިސާގެ ބޭނުންޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މީޑިއާތަކުން ބުނާގޮތުން ފަގީރު އަދި ބޭނުންޖެހިފައިާ ގައުމުތަކަށް ފައިނޭންސް ކޮށްިދިނުމާއި ގުޅޭ މަޝްވަރާތައް ކުރިއަށް އޮތް ކޮޕް28 ބައްދަލުވުމުގައި ކުރެވިގެންދާނެއެވެ. ކޮޕް28 އަކީ ދުނިޔޭގެ ލީޑަރުންނާއި އިސް އެހެނިހެން ފަރާތްތަކުގެ ދެމެދުގައި 14 ދުވަހަށް ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. މި ބަދަލުވުން މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑުބާއީގައި ކަމަށްވާއިރު، 198 ގައުމެއްގެ މަންދޫބުން ބައިވެރިވާނެކަން ފާހަގަކުރެވެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ ފަރާތްތަކުގެ ތެރޭގައި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކުގެ އިތުރުން އީޔޫގެ ރައީސް އާސަލާ ވޮން ލެޔެން އާއި ޕޯޕުގެ އިތުރުން އދގެ ޖެނަރަލް ސެކެރެޓަރީ އެންޓޯނިއޯ ގުޓޭރެޒްވެސް ބައިވެރިވެވަޑައިގަންނަވާއިރު، ބައްދަލުވުން ހުޅުއްވައިދެއްވާނީ އިނގިރޭސި ރަސްގެފާނު ކިންގް ޗާލްސްކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން އެންމެ ގަދައަށް ކާބޮންޑި އޮކްސައިޑު އުފައްދާ ދެ ގައުމުކަމަށްވާ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން މި ބައްދަލުވުމަށް ވަޑައިނުގަތުން އެކަށީގެންވެއެވެ. އެހެންނަމަވެސް އެ ގައުމުތަކުންވެސް އިސް ފަރާތްތައް ބައިވެރިވާނެކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: