ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަމީރު ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޖަފާނުގެ ސަފީރު ނަރަބަލް ޓަކޭޗީ މިޑޯރީއާ ބައްދަލުކުރައްވުން/ ފޮޓޯ: ފޮރިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރިން މިނިސްޓަރު މުސާ ޒަމީރު ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ބައްދަލު ކުރައްވައިފިއެވެ.

ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އޮނަރަބަލް ޓަކޭޗީ މިޑޯރީއާ ބައްދަލުކުރައްވައި، ޒަމިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒަމާނުއްސުރެ ޖަޕާނާއި. ރާއްޖެއާއި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، ކުރިއެރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން ދާ ކަމަށެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ޖަފާނުގެ ސަފީރު ނަރަބަލް ޓަކޭޗީ މިޑޯރީއާ ބައްދަލުކުރައްވުން

އެގޮތުން ޖަޕާނުން ބަހައްޓަވާ ގާތް ކަމާއި ފޯރުކޮށްދީފައިވާ އެހީތެރިކަން އަލުން މުރާޖަޢާ ކުރެއްވުމުގެ އުފާ ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތާގައިވެސް ޖަޕާނާއި އެކު ގުޅުން ބަދަހި ކުރެވޭނެ ކަމަށާއި، ސަރުކާރުން  މިތިބީ ވަރަށް ބޮޑަށް އިތުރަށް ގުޅުން ބަދަހިކޮށް ކުރިއަށް ގެންދިއުމުގެ ވިސްނުމުގައި ކަމަށެވެ. ޒަމީރު މިނިސްޓަރު ކަމާއި ހަވާލުވެ ވަޑައިގެން ގެންދަވަނީ ބޭރު ގައުމުތަކާއި އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ މަސައްކަތް ކުރެއްވަމުންނެވެ.

މިނިސްޓަރު ޒަމީރު އިއްޔެ އިންޑިއާގެ ސަފީރު މުނު މުހާވަރާ ވެސް ބައްދަލު ކުރެއްވިއެވެ. އެ ބައްދަލު ކުރެއްވުމަކީވެސް އިންޑިއާއާއި ރާއްޖެއާއި އޮތް ގުޅުން އިތުރަށް ކުރިއަށް ގެންދިއުމަށްޓަކއި ދެ ދެގައުމުގެ ދެ މެދުގައި މަޝްވަރާތައް ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: