ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އެއްބަސްވުންތައް އެކުލަވާލުމުގައި ގެންގުޅޭނެ އުސޫލުތަކާއި އުކުޅުތައް ދަސްކޮށްދިނުމަށް ތަމްރީނު ކުރަނީ!

ސަރުކާރުން އެއްބަސްވުންތައް އެކުލަވާލުމުގައި ގެންގުޅޭނެ އުސޫލުތަކާއި އުކުޅުތައް ދަސްކޮށްދިނުމަށް ތަމްރީނުކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެެއްބަސްުވުންތަކް އެކުލަވާލައި ޤާއިމްކުރުމަށްޓަކައި، މަޝްވަރާތައް ކުރިއަށްގެންދާނެ އުސޫލުތަކާއި އުކުޅުތައް ދަސްކޮށްދިނުމަށްޓަކައި ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސްގެ( ފޮސިމް) ފަރާތުން ތަމްރީންތަކެއް ބާއްވައިފިއެވެ.

ފިނޭންސް މިނިސްޓްރީ، ނޭށަނަލް ޕްލޭނިންގް މިނިސްޓްރީ، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އަދި މޯލްޑިވްސް ޕޮލިސް ސާވިސްއިން ބައިވެރިވި މި ތަމްރީނުތަކުގެ މައިގަނޑު ފޯކަސްއަކަށް ވެގެންދިއައީ އެއްބަސްވުމަކާއި ހަމައަށް ވާސިލްވުމަށްޓަކައި މަޝްވަރާތައް ކުރިއައްގެންދަން ބޭނުންކުރާނެ އުކުޅުތައް އަދި އެއްބަސްވުންތަކުގައި ސޮއިކުރުމަގައި ގެންގުޅޭނެ އުސޫލުތަކުގެ މަތިން ބައިވެރިންގެ މައުލޫމާތު މުސްސަނދިކުރުމެވެ.

ފޮރިން މިނިސްޓްރީގެ ފަރާތުން ޗީފް އޮފް ޕްރޮޓޮކޯލް އައިޝަތު ޝާން ޝާކިރު، އެޑިޝަނަލް ސެކްރެޓަރީ އަހުމަދު ޝިއާން އަދި ލީގަލް ކައުންސެލް އދ މުހައްމަދު އަސީލް ހަސަން އިސްވެތިއްބަވައިގެން އިއްޔެ ކުރިއަށްގެންދިއަ މިތަމްރީންތަކަކީ ފޮރިން ސާވިސް އިންސްޓިޓިއުޓްގެ ހިއްސާދާރުން ހޭލުންތެރިކުރުމުންދާ ޕްރޮގުރާމުތަކުގެތެރެއިން ބައެކެވެ.

ހިއްސާދާރުން ހޭލުންތެރިކުރުމުގެ ޕްރޮގުރާމްއަކީ ކަމާބެހޭ ސަރުކާރުގެ ވުޒާރާތަކުގެ ހުނަރު އިތުރު ކުރުމެ މަގުސަދުގައި މި އިދާރާތަކު ތެރޭ މައުލޫމާތް އަދި ކުރެވިފައިވާ ތަޖުރިބާތައް ހިއްސާކޮށް ބަދަލުކުރުމަށްޓަަކައި ކުރިއަށްގެންދާ ޕްރޯގްރާމްތަކެކެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: