ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު މަޖިލީހުން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ، ބަޖެޓު ފޮތް: ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރަށް ކަނޑައެޅި ބަޖެޓުގެ އިތުރަށް ދައުލަތުން ހަރަދުކޮށްފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަޕްލިމެންޓަރީ ބަޖެޓު ކޮމިޓީން ފާސްކުރީ މަޖިލީހުގެ ތަޅުމުން ފާސްކުރީ 57 މެންބަރުންގެ ވޯޓުންނެވެ. ސަޕްލިމެންޓްރީ ބަޖެޓު ފާސްކުރުމާއި ދެކޮޅަށް 10 މެންބަރަކު ވަނީ ވޯޓުދެއްވާފައެވެ. އެއީ ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނެވެ.

މި އަހަރަށް ފާސްކޮށްފައި ވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށްވާއިރު، އޭގެ އިތުރުން 5.6 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ވަނީ ހުށަހަޅައިފައެވެ.

ފިނޭންސް މިނިސްޓްރީއިން އޮކްޓޯބަރ މަހު 5 ގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 33.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓްގެ 77 އިންސައްތަ މިވަނީ މިހާރު ހަރަދުވެފައިއެވެ. އެެހެންކަމުން ބަޖެޓްގައި ބާކީ އޮތީ 9.6 ބިލިއަން ރުފިޔާއެވެ. ފިނޭންސް މިނިސްޓްރީއިން ރިކަރަންޓް ހަރަދަށް އިތުރު ކުރަން ހުށަހެޅި ފައިސާގެ ތެރެއިން ސަބްސިޑީ އަށް 1.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދު ކުރާނެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު، މިނިސްޓަރު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން 2 މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ. ބަޖެޓު ދިރާސާކޮށް ބަހުސްކުރުމަށް ފަހު، ބަޖެޓު ފާސް ކުރެވޭނީ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: