ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެޓް ޝެލްޓާރއެއް ބިނާކުރުމާއިމެދު މަޝްވަރާކޮށްފި

މިނިސްޓަރު ޑރ ރަމީލާ ޕޯޒް އެމްވީގެ ޓީމާއިއެކު: ފޮޓޯ/ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް އެގްރިކަލްޗާރ އެންޑް އެނިމަލް ވެލްފެއަރ ޑރ އައިޝަތު ރަމީލާ ރާއްޖޭގައި ޖަނަވާރުގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ ޕޯޒް އެމްވީގެ ޓީމާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗާރ އެންޑް އެނިމަލް ވެލްފެއަރ އިން ހާމަކޮށްފައިވާގޮތުން، މިނިސްޓަރު ރަމީލާ ޕޯޒްއެމްވީ އާއިއެކު ކުރިއަށް ގެންދެވި ބައްދަލުވުމުގައި، އެ ޖަމިއްޔާއަށް މަސައްކަތްތައް ކާމިޔާބުކުރުމުގައި ދިމާވާ ދަތިތަކާއިމެދުވެސް މަޝްވަރާކުރެވުނުއިރު، ހާއްސަ ގޮތެއްގައި މަގުތައް މައްޗަށް ދޫކޮށްލުމުން ހާލުގައި ޖެހޭ ބުޅަލުގެ މައްސަލައަށް ލުއިތަކެއް ގެނައުމާއިމެދު މަޝަވަރާކުރެވިފައިވެއެވެ.

މިނިސްޓްރީއިން ހާމަކޮށްފައިވާގޮތުން ކެޓް ޝެލްޓާރއެއް ބިނާކުރުމާއި މަގުމަތީގައި އުޅޭ ބުޅާތައް ގެއްލުމެއް ނުވާ ފަދަ ގޮތަކަށް ހިފައި ވެޓްރެނެރީ ކްލިނިކަކަށް ގެންގޮސް އިތުރަށް ދަރިން އާލާ ނުކުރެވޭ ފަދަ ކުޑަ އޮޕަރޭޝަނެއް ކުރުމަށްފަހު ވެކްސިން ޖަހައި އަލުން ދިރިއުޅުމަށް އެކަށީގެންވާ މިނިވަން މާހައުލަކަށް ދޫކޮށްލުމުގެ ޕްރޮގްރާމެއް ނުވަތަ ޓީއެންއާރް ޕްރޮގްރާމެއް ފެށުމާއިމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާތައް ކުރެވިފައިވެއެވެ.

ޕޯޒް އެމްވީ ޖަމިއްޔާއިން ހާމަކޮށްފައިވާގޮތުން، ޖަނަވާރުތަކުގެ ހައްގާއި ދުޅެހެޔޮކަމުގެ އިތުރުން ރާއްޖޭގައި އެފަދަ ކަންކަން ކަށަވަރުކުރުމަށް ގަވައިދުތައް ބިނާކުރުމާއި ތަންފީޒުކުރުމާއިމެދުވެސް މަޝްވަރާތައް ކުރެވުނުކަމަށެވެ. އަދި ޓީއެންއާރް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ މުހިންމު ކަމުގެ އިތުރުން ކެޓްޝެލްޓަރަކާއި އަތްފޯރާ ފަށުގައި ހިދުމަތްތައް ލިބޭނެ ވެޓްރެނެރީ ކްލިނިކެއް ގާއިމުކުރުމާއިމެދުވެސް މި ބައްދަލުވުމުގައި ވާހަކަތައް ދެކެވިފައިވާއިރު، މިނިސްޓަރު ދެއްކެވި ވާހަކަތަކުން ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ރަނގަޅުވެގެންދާނެކަމުގެ އުންމީދުކުރެވޭކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: