ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް)ގެ ސްޕެޝަލް ކްލައިމެޓް ޗޭންޖް ފަންޑުގެ އެހީ ހޯދުމަށްޓަކައި ރާއްޖޭގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން ހުށައެޅި ”އަ ހޮލިސްޓިކް އެޕްރޯޗް ޓު ފުޑް ސިސްޓަމްސް ރެސީލިއަންސް އެންޑް އެޑެޕްޓޭޝަން އިން މޯލްޑިވްސް“ މަޝްރޫޢުގެ ފުލް ޕްރޮޖެކްޓް ޕްރޮޕޯސަލް ތައްޔާރުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އިންސެޕްޝަން ވޯކްޝޮޕެއް ބާއްވައިފިއެވެ.
މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް)ގެ ސްޕެޝަލް ކްލައިމެޓް ޗޭންޖް ފަންޑުގެ އެހީ ހޯދުމަށްޓަކައި ރާއްޖޭގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން ހުށައެޅި “ އަ ހޮލިސްޓިކް އެޕްރޯޗް ޓު ފުޑް ސިސްޓަމްސް ރެސީލިއަންސް އެންޑް އެޑެޕްޓޭޝަން އިން މޯލްޑިވްސް“ގެ ކޮންސެޕްޓު ނޯޓުވަނީ އެޕްރޫވް ވެފައެވެ. އެހެންކަމުން އެ މިނިސްޓްރީއިންވަނީ 15 މެއި 2024 ވަނަ ދުވަހު މާލޭގައި ވަނީ މަޝްރޫޢުގެ ފުލް ޕްރޮޖެކްޓް ޕްރޮޕޯސަލް ތައްޔާރުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި އިންސެޕްޝަން ވޯކްޝޮޕެއް ބާއްވައިފައިކަމަށް ބުނެފައިވެއެވެ.
މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެގްރިކަލްޗާރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު އައިޝަތު ރަމީލާއެވެ. އެކަމަނާވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި އަސަރުތައް ކުރާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެހެންކަމުން ސިނާއަތުތަކުގެ މަސައްކަތްތަކުގެ ހުރިހާ މަރުހަލާއެއްގައި ކްލައިމެޓް ސްމާޓް ޓެކްނޮލޮޖީ ބޭނުންކުރުމުގެ މުހިންމުކަމަށް ވިދާޅުވެފައިވެއެވެ.
މި ރަސްމިއްޔާތުގައި އދ ގެ ކާނާއާއި ދަނޑުވެރިކަމާއި ބެހޭ ޖަމްއިއްޔާ (އެފްއޭއޯ) އިން ސްރީލަންކާ އަށާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ވިމްލެންދްރާ ޝަރަން ބައިވެރިވެވަޑައިގެންނެވިއެވެ. މި އިންސެޕްޝަން ވޯކްޝޮޕްގައި ކަމާއި ގުޅޭ ސަރުކާރުގެ މުއައްސަސާތަކުންނާއި، ކަމާއިގުޅުންހުރި އެހެނިހެން މަސްލަހަތުވެރިން ބައިވެރިވެ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދަން ރާވާ ހަރަކާތްކާއި ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްފައިވާކަމަށް މިނިސްޓްރީއިން މައުލޫމާތު ދީފައިވެއެވެ. އަދި މި މަޝްރޫއު ހިންގުމަށް އަމާޒުކޮށްފައިވަނީ ރާއްޖޭގެ ދެކުނުގައިކަން ހިއްސާކުރިއިރު ޕްރޮޕޯސަލް ތައްޔާރުކުރުމަށް މިހާރު ކުރިއަށްގެންދާ އެސެސްމަންޓްސްތައް ނިމުމުން ޕްރޮޖެކްޓް ކުރިއަށްގެންދާނެ ރަށްތައް ފައިނަލްކުރެވި
މި ޕްރޮޖެކްޓުގެ މަޤުސަދަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ސަބަބުން ކާނާ އުފެއްދުމުގެ ނިޒާމަށް (ފުޑް ސިސްޓަމްސް) ދިމާވާ ހިރާސްތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ އެކަންތައްތަކަށް ޕްރޮޖެކްޓްގެ ތެރެއިން ހައްލުހޯދައިދިނުމަށް މަސައްކަތްކުރުމާއިއެކީ ރާއްޖޭގެ ފުޑް ސެކިއުރިޓީ އިތުރުކުރުންކަމަށް މިނިސްޓްރީއިން މައުލޫމާތު ދީފައިވެއެވެ.

