ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުގައި އާމްދަނީގެ ގޮތުގައި ހިމަނާ ބައި ހޯދަނީ ހިލޭ އެހީ އާއި ދަރަނިގޮތުގައި: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ފަހަރެއްގައިވެސް ބަޖެޓަށް އާމްދަނީގެ ނަމުގައި ހޯދަމުންދަނީ ބޭރު ގައުމުތަކުގެ ހިލޭ އެހީކަމަށް ފާހަގަކުރައްވާ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މަޖިލީހުގެ ތަޅުމުގައި 2024 ވަނަ އަހަރުގެ ބަޖެޓާއިމެދު ވާހަކަދައްކަވަމުން އިބްރާހިމްވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތު ހުރި ގޮތް ސާފުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ދަރަނިތައް އަލުން އެކުލަވާލުމަށް ދުނިޔޭގެ މާލީ މުއައްސަސާތަކުން ތަކުރާރުކޮށް ގޮވާލަމުންދާކަަމަށެވެ. އިބްރާހިމް ވިދާޅުވީ، 2026 ވަނަ އަހަރު އިންތިހާއަށް ބޮޑު އަދަދެއް ދަރަނީގެ ގޮތުގައި ދެއްކުމަށް ކަނޑައެޅިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ، 2022 ވަނަ އަހަރު ބަޖެޓު ފޮނުވި އިރު ދަރަނީގެ އަދަދުތައް އެއް ބިލިއަން ޑޮލަރާއި ގާތްކުރަނީކަމަށެވެ. އެހެންނަމަވެސް 2023ގެ ބަޖެޓު ފޮނުވިއިރު އެ އަދަދު އެއް ބިލިއަން ޑޮލަރު ފަހަނަ އަޅައި ގޮސްފައިވާކަމަށާއި ދިހަ އިންސައްތަ އިތުރުވެފައިވާކަމަށް ފާހަގަކުރެއްވިއެވެ. އިބްރާހިމް ވިދާޅުވީ، 2024 ވަނަ އަހަރު އަދި އެއަށްފަހު ވެސް އެ އަދަދުތައް އިތުރުވެގެންދާނެކަމަށެވެ.

އޭނާ ވިދާޅުވީ ކޮންމެ ފަހަރަކުވެސް ބަޖެޓުގައި އާމްދަނީގެ ގޮތުގައި ހިމަނާފައިވާ އަދަދުތައް ހޯދަމުންދަނީ ބޭރު ގައުމުތަކުން ހިލޭ އެހީގެ ގޮތުގައިކަމަށެވެ. އިބްރާހިމް ވިދާޅުވީ، އެ ނޫނީ އެ ފައިސާއަކީ ރާއްޖޭގައި ހުރި ބެންކަކުން ދަރަނީގެ ގޮތުގައި ހޯދާނެ ފައިސާކަަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުން އެ ފައިސާތައް އެތެރެއިން ހޯދަމުންދަނީ ބޮންޑު ފަދަ ތަކެތި ވިއްކައިގެންކަމަށެވެ. އޭނާ ވިދާޅުވީ، އެތެރޭގެ ބާޒާރުންވެސް ދަރަނި ނަގާއިރު މަރުކަޒީ ބެންކު އެމްއެމްއޭއިންވެސް ދަރަންޏަށް ފައިސާ ނަގާކަމަށެވެ.

އޭނާ ވިދާޅުވީ، މުސާރަ ދިނުން ފަދަ ކަން ކަން ހަމަޖައްސަމުން އައިސްފައިވަނީ ދަރަނި ނަގައިގެންކަމަށެވެ. ބަޖެޓާއި ބެހޭ ކޮމިޓީގައި ސަބްސިޑީ އަދި ކުންފުނިތަކުގެ ކެޕިޓަލް އިންޖެކްޝަންގެ ގޮތުގައި ކުރަމުންދާ ހަރަދާއި ގުޅޭގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ކަންބޮޑުވުންތައް ހިއްސާކުރެއްވިކަމަށެވެ. އެހެންނަމަވެސް މިހާރު ހަދާފައިވާ ކުންފުނިތަކުގެ އަދަދުވެސް ސާފުނުވާކަމަށާއި ބައެއް ކުންފުނިތައް މަޖިލީހަށް ޖަވާބުދާރީވާން ނުޖެހޭކަމަަށް ކަނޑައަޅައި އިކޮނޮމިކް މިނިސްޓްރީގެ ތެރޭގައިވެސް ކުންފުނިތައް ހަދާފައިވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: