ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީ އެންމެ ބޮޑަށްވެސް ކޮރަޕްޓުވެވޭނެ ވަރަކީ: ބޮންޑެ

ރައީސް ސާލިހު އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއަރޕޯޓެއްގެ ރަންވޭ އެޅޭ އަގަށްވުރެ އަމީނީ މަގުގައި ތާރަ ޖެހުމަށް ހޭދަ ކުރާ ވަރު ބޮޑުވުމަކީ، ކޮރަޕްޝަން މެކުހައްޖެހިފައިވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫޢު މާލެސިޓީ ކައުންސިލުން، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އާރްޑީސީ) އާއި އެކު 39 މިލިއަން ރުފިޔާއަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނިކޮށް، ސަރުކާރުން ވަނީ، އެ ކައުންސިލަށް މަސައްކަތް ކުރިއަށް ނުގެންދެވޭކަމަށް ބުނެ، ޕްލޭނިންގް މިނިސްޓްރީގެ އަތްމައްޗަށް އެ މަސައްކަތްތައް ނަގާފައިއެވެ. އަދި އަލުން ހަމަ އާރްޑީސީއާއިއެކު، އެ މަސައްކަތްތައް ހިންގުމަށް ހަމަ ޖެއްސިއިރު، މަސައްކަތުގެ އަގުވަނީ 84 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިއެވެ.

އަމީނީ މަގުގައި ތާރަ އެޅުމުގެ މަޝްރޫއު ބޮޑު އަގުދީގެން ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި އިބްރާހިމް ރަޝީދު ވިދާޅުވީ، ޑޮމެސްޓިކް އެއަރޕޯޓެއްގެ ރަންވޭ އަކީ، މާ ފުޅާކޮށް، އެތައް ފަށަލައެއްގެ ތާރައާއިއެކު، ނިންމޭ މަސައްކަތެއް ކަމަށެވެ. އެހެންނަމަވެސް، އެ މަސައްކަތައްވުރެ، މާލޭގެ އަމީނީ މަގުގެ ތާރަ އެޅުމުގެ އަގު ބޮޑުކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، އެ ގޮތަށް ރައްޔިތުންގެ ފައިސާ ހަރަދު ކުރުމަކީ ކޮރަޕްޝަން މެކުހައްޖެހިފައިވުންކަމަށެވެ.

“ޑޮމެސްޓިކް އެއަޕޯޓެއްގެ ރަންވޭގައި މާ ފުޅާކޮށް އެތަކެއް ފަށަލައެއްގެ ތާރު އަޅާ ޓާމިނަލް ހުރިހާ މަސައްކަތެއް ނިންމާލެވޭ އަގަށްވުރެ ބޮޑު އަގެއް މާލޭ އަމީނީމަގުގައި ތާރު އަޅަން ރައްޔިތުންގެ މާލިއްޔަތުން ހޭދަކުރީމަކީ ކަރަޕްޝަން މެކުހައްޖެހުން.” އިބްރާހިމް ރަޝީދު

އަމީނީ މަގުގެ ތާރަ ޖެހުމުގެ މަަސައްކަތް އާރްޑީސީއާއި އެކު، ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނިކޮށް، އެ މަސައްކަތްތައް ކައުންސިލުގެ އަތުން ނެގުމާއި ގުޅިގެން ދާދި ފަހުން މޭޔަރ ޑރ މުއިއްޒުވަނީ ނޫސްވެރިންނާއިވެސް ބައްދަލުކޮށްފައިއެވެ. މުއިއްޒު ވިދާޅުވީ، އެ މަސައްކަތްތައް ކުރިއަށް ނުގޮސް އޮތްކަމަށް ބުނެ ސަރުކާރުން ނެގި ނަމަވެސް، އެ މަސައްކަތްއް ސަރުކާރުންވަނީ ބޮޑެތި ހުރަސްތަކެއް އަޅާފައިކަމަށެވެ.

އަމީނީ މަގުގެ ތާރަ އެޅުމުގެ މަސައްކަތްތައް އާރްޑީސީއިން 39 މިލިއަނަށް ކުރުމަށް ނިންމާފައިވަނިކޮށް، އެ މަސައްކަތްތަކަށް ހުރަސް އަޅާފައިވާކަމަށް ފާހަގަކޮށް، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، މާލެ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއު، ބަޖެޓުކުރުމަށް ފަހު، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާތައް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންވަނީ ނުދީ ހިފަހައްޓައިފައިކަމަށެވެ. އަދި ޕްލޭނިންގް އާއި ފިނޭންސް މިނިސްޓްރީއާއި ބައްދަލުކޮށް، އެ މަސައްކަތްތައް ކުރުމަށް މަގުފަހިވޭތޯ މަސައްކަތް ކޮށް، އެތައް ސީޓީއެއްވެސް ފޮނުވާފައިވީނަމަވެސް ޖަވާބެއްވެސް ލިބިފައިނުވާކަމަށްވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: