ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

45 ދުވަހުގެ ތެރޭގައި ފެނަކައިން ކުންފުނިތަކަށް ފައިސާ ދައްކަންޖެހޭ: ރަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އަލަށް އަންނަ ސަރުކާރުން 45 ދުވަހުގެ މުއްދަތުގެ ތެރޭގައި ޝެޑިއުލްއެއް ހެދުމަށްފަހު ފެނަކައިގެ ފަރާތުން ދައްކަން ހުރި ހުރިހާ ފައިސާއެއް އެ ކުންފުނިތަކަށް ދެއްކުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ފެނަކައިން ކުދި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ދިނުން އަވަސް ކުރުމަށާއި، މެނޭޖްމަންޓް އަދި ފައިނޭންޝިއަލް އޮޑިޓެއް ހެދުމުގެ އިތުރުން ދަރަނިތައް އަދާކުރާނެ ގޮތުގެ ޕްލޭނެއް އެކުވަލާލުމަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ، ފެނަކައިގެ މައްޗަށް ކޮރަޕްޝަނުގެ އެތައް ތުހުމަތުތަކެއް ކުރެވި މީޑިއާ ރިޕޯޓުތައް ފެންމަތިވަމުން ދިޔައިރު ވެސް ސަރުކާރުން އެ މައްސަލައަށް އެއްވެސް ސަމާލުކަމެއް ނުދިން ކަމަށެވެ. އަދި އޭގެ ބަދަލުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި ދެމެދު ބޭއްވީ ގާތް ގުޅުމެއްކަމަށާއި، ފެނަކައަކީ ސަރުކާރުން ބޭނުންވި ގޮތަށް މަސައްކަތް ކުރަމުން ދިޔަ ކުންފުންޏެއް ކަމަށެވެ.

ފެނަކައިން ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައި އޮތުމާއި އެކު، އެ ކުންފުންޏަށް ނިސްބަތްވާ 71 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުންދާކަމަށް މިއަދުގެ ޖަލްސާގައި މެމްބަރުން ފާހަގަކުރި އެވެ.

ބަހުސް މަރުހަލާފައި ރަޝީދު ވިދާޅުވީ ފެނަކައިގެ ޖުމްލަ ދަރަނި 2.8 ބިލިއަނަށް އަރާއިރު ސަރުކާރުން އެކަން ދިފާއު ކުރިކަމަށާއި، އިންތިހާބުތަކާއި ދިމާކޮށް ވަޒީފާތައް އިތުރު ކުރަމުން ދިޔަ ކަމަށެވެ. އެގޮތުނ 77 އިންޖީނުގެއަށް އިންޖީނު ސަޕްލައިކޮށް، 7000 ކިލޯމީޓަރުގެ ކޭބަލް ސަޕްލައިކޮށް އަދި 187 ރަށުގައި އޮފީސްއަޅައިފައިވާކަމަށް އެމްޑީޕީން ބުނެފައިވާކަމަށް ރަޝީދު ވިދާޅުވިއެވެ. ރަޝީދު ވިދާޅުވި ގޮތުގައި އެ އޮފީސްތަކުގައި ތިބެނީ 12 މުވައްޒަފުންނެވެ. އެެހެންކަމުން މިހާރުގެ އޮފީސްތަކަކީ ބުރަމަސައްކަތުން ކަންކަން ކުރަން ޖެހޭ އޮފީސްތަކެއް ނޫންކަމަށާއި އަދި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އެކަން ކުރެވެން އޮތްއިރު އެތަށް ބައިވަރު ވަޒީފާ އުފައްދަންވީ ސަބަބެއް ނޭންގޭކަމަށްވެސް ވިދާޅުވިއެވެ.

ވަޒީފާ ހަމަޖައްސަނީ އެއްވެސް އުސޫލެއްގެ ތެރެއިން ނޫންކަމަށާއި އެއީ ކޮރަޕްޝަން ކަމަށް ރަޝީދު ވިދާޅުވިއެވެ. ސަރުކާރު ދައުލަތެއް ނަމަވެސް ފެނަކައަކީ ޔުޓިލިޓީ ކުންފުންޏެއް ކަމަށާއި ފެނާއި، ކަންރަންޓާއި އަދި ނަރުދަމާގެ ހިދުމަތްދޭން އޮތް ދިވެހިރާއްޖެގެ ކުންފުންޏެއް ކަމަށް ރަޝީދު ވިދާޅުވިއެވެ. ރަޝީދު ވިދާޅުވީ ދިފާއުގައި ސަރުކާރުން ބުނަމުން ދިޔައީ އެމްޑީޕީގެ ސަރުކާރު އައިއިރުވެސް އެކުންފުންޏަކީ ދަރާފައިވާ ކުންފުންޏެއް ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ޒިންމާއަކަށް ވާންޖެހޭނީ ދަރާފައިވާ ކުންފުންޏެއްގެ ދަރަނި ހަމަޖެއްސުންކަމުގައެވެ.

މީގެއުތުރުން ރަޝީދު ވިދާޅުވީ މިކަމުގެ ސަބަބުން އެތަށް ކުންފުންޏެއް ދަރާ ވިކިއްޖެކަމަށެވެ. 2.8 ބިލިއަން ރުފިޔާ ދައްކަން އޮތީ ދިވެހިރާއްޖޭގެ ކުދި ކުންފުނި ތަކަށް ކަމަށް ރަޝީދު ވިދާޅުވިއެވެ. އެހެންކަމުން މިމައްސަލަތަށް ނުބެލުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ރައްޔިތުން އެމްޑީޕީއަށް ނޫނެކޭ ބުނުން ކަމަށް ރަޝީދު ވިދާޅުވިއެވެ.

ބަހުސްގައި މެމްބަރުން ބުނެފައި ވަނީ ފެނަކައިގެ ސަބަބުން ކުދި ކުންފިނިތަކަށް ގެއްލުންވެ ބަނގުރޫޓުވެފައިވާ ކަމަށެވެ.

ފެނަކަ މެދުވެރިކޮށް އެކި ޕްރޮޖެކްޓުތަކަށް ލިބެން ޖެހޭ 300 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ދީފައި ނުވާތީ ކޮންޓްރެކްޓަރުން މުޒާހަރާ ވެސް ކުރި އެވެ. އަދި އެ މައްސަލައިގައި މީޑިއާތަކާއި ބައްދަލުކޮށް މައުލޫމާތު ވެސް ދީފައިވެއެވެ. އެކަމަކު ސަރުކާރުންނާއި، ފެނަކައިން އެ މައްސަލައިގައި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: