ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިން ރަޝިއާއަށް ޑްރޯން ހަމަލާ ދީފި

ރަޝިޔާގެ ރައީސް ޕުޓިން އަދި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިންއިން ފޮނުވާފައިވާ ގިނަ އަދަދެއްގެ ޑްރޯންތައް އެ ގައުމުގެ ސަރަހައްދީ އިމުގެ ތެރެއިން ފެނިފައިވާކަމަށް ރަޝިއާއިން ބުނެފިއެވެ.

މީޑިއާތަކުން ބުނާގޮތުން، ޔޫކްރެއިން އިން ރަޝިއާއަށް ޑްރޯން މެދުވެރިކޮށް ހަމަލާއެއް ދީފައިވަނީ ރަޝިއާއިންވެސް ހަމަ އެ މަގުން ވަރުގަދަ ހަމަލާތަކެއް އެ ގައުމުގެ ވެރިރަށަށް ދިނުމުގެ ރައްދެއްގެ ގޮތަށްކަމަށް ބެލެވެއެވެ. އަދި އެ ހަމަލާއަކީ ރަޝިއާއިން ޔޫކްރެއިން ހިފުމަށް ފަށާފައިވާ ހަނގުރާމައަށް ފެށުމަށް ފަހު މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ ޑްރޯން ހަމަލާކަމަށް ބުނެފައިވެއެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީއިން ބުނެފައިވާގޮތުން، އެ ގައުމުގެ ތިން ސަރަހައްދެއްގެ މަތިން ޑްރޯންތައް އުދެހުމުންދާކަން ފާހަގަކުރެވުމާއިއެކު އެގައުމުގެ ވައިގެ އަސްކަރިއްޔާއިންވަނީ އެ ތަކެތި ހަލާކުކޮށްލާފައިކަމަށެވެ. އަދި އެ ގައުމުގެ ވެރިރަށާއި ގާތުންވެސް ބައެއް ޑްރޯންތައް ހަލާކުކޮށްލިކަމަށްވެސް ކުރިން ހާމަކުރިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ބުނާގޮތުން، ޔޫކްރެއިންއިން އެ ގައުމަށް އަމާޒުކޮށް ފޮނުވި ދެ މިސައިލަކުންވެސް އެ ގައުމުންވަނީ ދިފާއުކޮށްފައެވެ. ޔޫކްރެއިންއަށް ރަޝިއާއިން ހަމަލާދިނީ މީގެ އެތައް އަހަރުތަކެއް ކުރިން ޖޯސެފް ސްޓާލިން ރަޝިއާގެ ލީޑަރުގެ ގޮތުގައި ހުރި އިރު އެތައް މިލިއަން ޔޫކްރެއިންގެ ރައްޔިތުނެއް މެރި ހާދިސާގެ އަހަރީ ދުވަހާއި ދިމާކޮށްކަމަށްވެސް މީޑިއާތަކުން ފާހަގަކުރާއިރު، އެ އަމަލަކީ އެނގިހުރެ ހިންގި ނިރުބަވެރި އަމަލެއްކަމަށް ޔޫކްރެއިންގެ ރައީސްވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ރަޝިއާގެ ލީޑަރުން މީހުން މެރުމުގެ ގާބިލުކަމާއިމެދު ފަހުރުވެރިވާކަމަށެވެ.

ރަޝިއާ ޔޫކްރެއިން ހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި ޔޫކްރެއިން އިންވަނީ ވޭތުވެދިޔަ މަސް ތަކުގެ ތެރޭގައި ރަޝިއާގެ ސަރަހައްދުތަކަށާއި އެ ގައުމުން ހިފާފައިވާކަމަށް ބުނާ ޔޫކްރެއިންގެ ސަރަހައްދަކަށްވެސް އެތަކެއް ފަހަރެއްގެ މަތިން ޑްރޯން ހަމަލާ ދީފައިކަންވެސް މީޑިއާތަކުން ފާހަގަކުރެއެވެ. އަދި އެ ގައުމުން މަސައްކަތްކުރަމުންދަނީ ރަޝިއާ ފަހަތަށް ޖެއްސުމަށްކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: