ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ގަވާއިދަށް 3 އިސްލާހެއް، އައު ކޮމިޓީއެއް އުފެއްދުން ހިމެނޭ!

ރައްޔިތުންގެ މަޖިލީސް.
ޝެއާރކޮށްލާ ކަހަލަދޯ؟

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކޮނޮލޮޖީ ނަމުގައި އާ ކޮމިޓީއެއް އެކުލަވާލުމާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިތުރު 2 އިސްލާހެއް ހުށައަޅައިފިއެވެ.

މަޖިލީހުގެ ގަވާއިދަށް ގެންނަ އިސްލާހުގެ ގޮތުގައި ހުށައެޅި ކަންތައްތަކުގެ ތެރޭގައި:

  1. މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޖިލީހުގެ ދެވަނަ ދައުރު ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ބަދަލުކޮށް، ތިން ވަނަ ދައުރު އޮކްޓޯބަރ މަހުން ފެށިގެން ނޮވެމްބަރ މަހަށް ބަދަލުކުރުން.
  2. މަޖިލީހަށް ހުށައެޅޭ ބިލްތަކުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު 3 ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު އިބްތިދާއީ ބަހުސް ފެށޭނެ ގޮތަށް މަޖިލީހުގެ ގަވާއިދުގެ 89 ވަނަ މާއްދާގެ ހ އަށް އިސްލާހު ގެނައުން.
  3. މަޖިލީހުގެ ގަވާއިދުގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދައުލަތުގެ އިދާރާތަކާއި ގުޅޭ ކޮމިޓީތަކަށް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކޮނޮލޮޖީ ކޮމިޓީ އިތުުރުކުރުން. އަދި އެ ކޮމިޓީގެ މަސްއޫލިއްޔަތުތައް މަޖިލީހުގެ ގަވާއިދުގައި ހިމެނުމަށް މަޖިލީހުގެ ގަވާއިދުގެ 124 ވަނަ މާއްދާެ ފަހަތަށް މާއްދާއެއް އިތުރުކުރުން.

މި އިސްލާހު ހުށައެޅި ސަބަބާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ 2024 ވަނަ އަހަރުގެ މެއި 27 އަކީ 19 ވަނަ މަޖިލީހުގެ އެންމެ ފަހު ދުވަސްކަމަށެވެ. އަދި 28 މެއިގައި އާ މަޖިލީހެއް އުފެދެން ޖެހޭނެކަމަށެވެ.

މިހާރު ގަވާއިދު އޮތް ގޮތުން އަންނަ އަހަރުގެ ފުރަތަމަ ދައުރު ނުނިމެނީސް އާ މަޖިލީހެއް އުފެދިގެންދާނެކަމަށް އަސްލަމް ވިދާޅުވިއެވެ. މިގޮތަށް ދައުރެއްގެ މެދުތެރެއިން އާ މަޖިލީހެއް ފެށިއްޖެނަމަ ކުރާ ހުރިހާ މަސައްކަތްތަކެއް އަލުން އަނބުރާ ފޮނުވާލަން ޖެހޭނެކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ކޮމިޓީ މަރުހަލާގައި މިކަންކަމަށް އަލިއަޅުއްވާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

މީގެ އިތުރުން 20 ވަނަ މަޖިލީހުގެ ޗުއްޓީ ސުކޫލު ޗުއްޓީއާއި ދިމާކުރުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: