ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހަޅަން ދިން މުއްދަތުގައި ޝަކުވާ ހުށައެޅިދާނެކަމަށް ނުބެލެވޭ: އޭސީސީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީގެ) ރައީސް އާދަމް ޝާމިލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ފްލެޓު ލިސްޓަށް ޝަކުވާ ހުށައެޅުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި އެކަން ކުރެވިދާނެކަމާއިމެދު ސުވާލު އުފެދޭކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ޝާމިލް އާދަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝާމިލް ވިދާޅުވީ، ލިސްޓާއިމެދު ޝަކުވާ ހުށައަޅަން އެނގޭނީ އެމީހަކަށް ލިބުނު މާކްސް ލިބިފައިވާ ގޮތުގެ މައުލޫމާތު ލިބި އެކަމަށް ހޭލުންތެރިވެގެންކަމަށެވެ. އެހެންނަމަވެސް މާސްކް ދީފައިވާ ގޮތުގެ ބްރޭކްޑައުން 8 ނޮވެމްބަރުގައި ޕޯޓަލް މެދުވެރިކޮށް އާންމުކުރުމަށްފަހު ޖުމުލަ ޝަކުވާ ހުށައެޅުމަށް ލިބިގެންދިޔައީ ދެ ދުވަހެއްކަމަށްވާއިރު، އެ ދުވަސްތަކުގެ ތެރޭގައި ހުކުރު ދުވަހެއްވެސް ހިމެނޭކަމަށްވުމުން ޝަކުވާ ހުށައަޅަން ބޭނުންވި ނަމަވެސް އެކަން ކުރާނެ ގޮތާއިމެދު ޝާމިލް ސުވާލު އުފެއްދެވިއެވެ.

އެހެންކަމުން ދެ ދުވަހުގެ މުއްދަތެއް ޝަކުވާތައް ހުށައެޅުމަށް އެކަށީގެންވާކަމާއިމެދު ސުވާލު އުފެދޭކަމަށް ފާހަގަކުރެއްވިއެވެ. ޝާމިލް ވިދާޅުވީ، މިފަދަ ހައްސާސް މައްސަލައެއްގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނާނެކަން އެނގިވަޑައިގަންނަވާކަަމަށާއި ދިވެހި މުޖުތަމައުގެ ތެރޭގައި ކަންކަން ހުރި ގޮތުން ބައެއް އެހެން ކަންކަން އެކުލެވިގެންވެސް ރޫހުތައް އާލާވުުމުގެ ފުރުސަތު އޮތްކަމަށްވެސް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ، އޭސީސީއިން އަމަލުކުރަމުން އައިސްފައިވަނީ އޭނާ އެ މަގާމާއި ހަވާލުވުމުގެ ކުރިންވެސް މުއައްސަސާއިން ގެންގުޅެމުންދާ އުސޫލުތަކުގެ މަތިންކަމަށާއި ގަނޫނީ ގޮތުން ހުރިހާ ކަމެއް ނިންމުމަށް ބައްދަލުވުމެއް ބޭއްވުމަށް ލާޒިމުނުކުރާކަމަށްވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެކަން ކުރުމަކީ މުހިންމު ކަމެއް ކަމަށްވާނަމަ ގާނޫނީގޮތުން އެކަން އެ މަގުން ކުރުމަށް ލިޔެވިފައި އޮތުމަކީ އޭސީސީ ފަދަ މުއައްސަސާއަކަށް މުހިންމު ކަމެއްކަމަށެވެ.

އެހެންނަމަވެސް އެކަމުގެ ސަބަބުން މައްސަލަތައް ބެލުމުގައި ކުރިމަތިވަމުންދާނެ ގޮންޖެހުންތަކެއްވެސް ހުރިކަމަށް ޝާމިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބައެއް މައްސަލަތައް އެ އުސޫލުން އަމަލުކުރާނަމަ ނުބެލޭނެކަމަށާއި އެގޮތުން ކުއްލި ގޮތަކަށް ކަމެއް ކުރަން ޖެހިއްޖެ ހާލަތެއްގައިވެސް ބައްދަލުވުމެއް ބާއްވައި އިޖުރާއަތުތަކެއް ފުރިހަމަ ކުރުމަށް މަޖުބޫރުވެގެންދާނެކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޭސީސީއިން ކަމެއް މަޑު ޖައްސާލަން އެންގުމާއި ހުއްޓާލުމަށް އެންގުމަކީ ދެ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ، މަޑުޖައްސާލަން އެންގުމަކީ ކުރަމުންދާ މަސައްކަތްތައް ހުއްޓާލަން އެންގުން ނޫންކަމަށާއި އެގޮތަށް އަންގަނީ ކަންކަން ބެލުމަށްފަހު ކުރިއަށް ދިއުމުގެ ގޮތުންކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެއީ ކުރިންވެސް އެ މުއައްސަސާއިން އަމަލުކުރަމުން އައިސްފައިވާގޮތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: