ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުގެ ކަންބޮޑުވުން އެބައޮތް، ބޭނުންވާ ބަދަލުތަކެއް އެބަހުރި: ޔާސިރު

ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފް ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީގެ މަޝްރޫއުތަކަށާއި، ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި ނިންމުންތައް ނިންމުމުގައި ދައުލަތުން ހަރަދުކުރުމަށް ކަނޑައަޅާ ބަޖެޓްގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށާއި، ބަޖެޓް ގައި ކަންތައްތައް ގޮސްފައި ހުރި ހިސާބުން އަމާން އައްސޭރިއކަށް ދެވޭނެ ކަމަށް ނުބެލެވޭ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޔާސިރު މިހެން ވިދާޅުވީ ސަންގުގެ ޚަބަރަށްފަހު ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުންނެވެ. ޔާސިރު ވިދާޅުވީ ރިކަރެންޓް ހަރަދު ކުޑަ ކުރަންޖެހޭ ކަމަށާއި، ބަޖެޓުގައި އަދަދުތަކެއް ޖަހާފައި ހުރިނަމަވެސް އެއީ ވާސިލްވެވޭނެ އަދަދުތަކެއްކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ޔާސިރު ވިދާޅުވީ ދައުލަތުގެ ހަރަދު ރަނގަޅު ކުރުމަށްޓަކައި އުފެއްދުންތެރި ވިސްނުންތަކެއް އިޖާދު ކުރަން ޖެހޭކަމަށާއި، ބަޖެޓަކީ ތަރައްގީ އާއި އެހެނިހެންކަންކަމަށް އެކަށޭނެ ވަރަކަށް ގާއިމް ކުރެވިފައިވާ ބަޖެޓެއް ނޫން ކަމަށެވެ.

މި އަހަރުގެ ބަޖެޓްއެކޭ އެއްގޮތަށް މިއަންނަ އަހަރުގެ ބަޖެޓްގައި ވެސް މި ކަންތައްތައް މާބޮޑަށް ފާހަގަވާން އެބައޮތްކަމަށް ވެސް ޔާސިރު ވިދާޅުވިއެވެ. ޔާސިރު ވިދާޅުވީ މިހާރު އެކުލަވާލަން ގަސްތުކޮށްފައިވާ ބަޖެޓުން ހަގީގަތުގައި ވެސް ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

ބަޖެޓްގައި ހުރި ކަންބޮޑުވުންތައް ފާޅުކޮށް ޔާސިރު ވާހަކަ ދައްކަވާފައި ވާއިރު، ފާއިތުވި 10 އަހަރަށް ބެލި ނަމަވެސް ބަޖެޓް ކުރެވޭ މިންވަރަށްވުރެ ރިކަރަންޓް ޚަރަދު ބޮޑުވާކަން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ބަހުސް މަރުހަލާގައި ފާހަގަކުރި އެވެ. އެގޮތުން އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓަށް މަޖިލީހުގެ ބަޖެޓުގައި އަންދާޒާކޮށް ހިމަނާފައިވާ އަދަދަށްވުރެ ރިކަރެންޓް ޚަރަދު 1.4 ބިލިއަން ރުފިޔާ އިތުރަށް ބަޖެޓުން ޚަރަދު ކުރާ ކަމަށާއި، އެގޮތަށް މިކަން ދެމިގެން ގޮސްފައިވާތާ ފާއިތުވި 10 އަހަރުގެ ބަޖެޓަށް ބެލުމުން ސާފުކޮށް ފެންނަން އެބަ އޮތްކަމަށްވެސް އެ މެމްބަރުން ވިދާޅުވެފައި ވެއެވެ.

މިގޮތުން ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ ހިސާބުތަކާއި ދޭތެރޭ ކަންބޮޑުވުންތައް އެބަހުރުކަމަށްވެސް ފާހަގަ ކޮށްފައިވެއެވެ.

މި އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓުގެ 40 އިންސައްތަ ބޭރުގެ ހިލޭ އެހީއާއި ލޯނަށް ބަރޯސާކޮށްފައި އޮތުމަކީ ބަޖެޓުގައިވާ ކަންކަން ތަންފީޒުކުރުމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ވެސް ގިނަމެމްބަރުން މަޖިލީހުގެ ބަހުސްގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: