ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުގެ ބަހުސް ނިންމާލައި، މާދަމާ ވޯޓަށް އަހަނީ!

އަންނަ އަހަރަށް ކޮމިޓީން ފާސްކުރީ 49.8 ބިލިއަން ރުފިޔާ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސް މަރުހަލާތައް ނިންމައި، މާދަމާ ވޯޓަށް އެހުމަށް ތައްޔާރުވެއްޖެ އެވެ.

2024 އަަށް ލާފާކޮށް މަޖިލީހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ނަމަވެސް، 300 މިލިއަން ރުފިޔާ އިތުރުކޮށް ކޮމިޓީން ފާސް ކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގެ މަސައްކަތް މަޖިލީހުގައި ކުރިޔަށް ގެންދިޔަ އިރު 44 މެމްބަރަކު ބަހުސްގައި ބައިވެރިވި އެވެ.

މި ދެ ދުވަހު ވެސް ކުރިޔަށް ގެންދިޔަ ބަޖެޓުގެ ބަހުސަށް ފަހު، މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި ހުންނެވި މުހައްމަދު އަސްލަމް ވިދާޅުވީ ދެން އޮންނާނީ ވޯޓަށް އެހުން ކަމަށެވެ.

ބަޖެޓަށް ގެނައި ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފުށިދިއްގަރުފަޅު މަޝްރޫއުއަށް ކަނޑައެޅި 400 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު އުނި ކުރުމަށް ފަހު އެ ފައިސާ އެހެން މަޝްރޫއުތަކަށް ބަހާލުމެވެ. އެމްޑީޕީގެ މެޖޯރިޓީއެއް އޮތް ބަޖެޓު ކޮމިޓީން އެ ބަދަލު ގެނައިއިރު، އެ ޕާޓީ ރައީސް މުއިއްޒުގެ އެ ވިސްނުމާއި މުޅިން ދެކޮޅެކެވެ. އަދި އެ ސިޔާސަތަކަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފައި ވެއެވެ.

ބަޖެޓު ކޮމިޓީގެ މެމްބަރަކީ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒެވެ. އަދި ނައިބު މުގައްރިރަކީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.

ސަރުކާރު މެމްބަރުންގެ ތެރެއިން ތިއްބަވަނީ އޭދަފުށި ދާއިރާގެ ޕީޕިއެމް މެމްބަރު އަހުމަދު ސަލީމާއި، މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތާރިގު، އަދި ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ނަސީރާއި، ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖެވެ.

ކޮމިޓީ މަރުހަލާގައި ބަޖެޓަށް ދެން ގެނައި އިތުރު ބަދަލަކީ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ހަރަދުތައް ބޮޑުކުރުމެވެ. ޕީއެސްއައިޕީއަށް 249 މިލިއަން ރުފިޔާ އިތުރު ކުރިއިރު، އެއާއި ޖުމްލަ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ހާއްސަ ކުރި ބަޖެޓު ވަނީ 8.9 ބިލިއަނަށް އިތުރުވެފަ އެވެ.

ބަޖެޓަށް ގެނައި އެކި ބަދަލުތަކާއި އެކު، ޑެފިސިޓް 16.3 ބިލިއަނަށް އަރަ އެވެ.

ބަޖެޓުގެ މަސައްކަތް ކުރިޔަށް ގެންދިޔަ އިރު، ކޮމިޓީން ވަނީ އަންނަ އަހަރަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އަދަދާއި، އޮފީސްތަކުގެ ބަޖެޓާއި، މިނިވަން މުވައްސަސާތަކުގެ ބަޖެޓު އަދި ޕްބްލިކް ސެކްޓާރ އިންވެސްޓްމަންޓު ޕްރޮގްރާމުތަކާއި ގުޅޭގޮތުން ބަހުސްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: