ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިނގަމުންދާ މަޝްރޫއުތައް ނިންމުމަށް ބަޖެޓުގައި ފައިސާ ހިމަނާފައެއްނުވޭ: ރައިސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިނގަމުންދާ މަޝްރޫއުތައް ނިންމަން ކޮންމެ އަހަރަކުވެސް އެ މަޝްރޫއެއް ނިމޭވަރަށް ފައިސާ ހިމަނާނެ ކަމަށާއި، އެހެންނަމަވެސް ބަޖެޓު ފާސްކޮށްދިން އިރު މަޝްރޫއުތައް ނިންމުމާއި އެކަށީގެންވާ ވަރަށް ވުރެ ގާތަށްވެސް ފައިސާ ހިމަނާފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައިސް މުއިއްޒު އެމަނިކުފާނުގެ އުފަންރަށަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ ހިނގަމުންދާ މަޝްރޫއުތައް ނުނިމި އުޅޭ ސަބަބަކި ބަޖެގުޓުގައި ފައިސާ ހިމަނާފައި ނުވުން ކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތްތައް ވެސް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ފެނާއި ނަރުދަމާއާއި އަދި ސްކޫލަށް ބޭނުންވާ ކަންކަމާއި މީގެ އިތުރުން އެހެން މަޝްރޫއުތަކަށް ވެސް އިސްކަމެއް ދީގެން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ވަށަފަރުގެ ކައުންސިލްގެ ރައިސް ފާހަގަކުރެއްވި ކަންކަމަށް އަލިއަޅުވައިލައްވާ ވިދާޅުވި ކަންކަމުގެ ތެރެއިން ކުނި މެނޭޖް ކުރުމުގެ ވާހަކަ ރައީސް ފާހަގަ ކުރެއްވިއެވެ. ރައިސް ވިދާޅުވީ އެއީ ސަރުކާރުން ކުރަން ނިންމާފައިވާ ކަމެއް ކަމަށެވެ.

އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ބިންހިއްކުމުގެ މަޝްރޫއު ފެށި، ހިނގަމުންދާ މަސައްކަތް ނިންމުމަކީ އަޅުގަނޑުމެންގެ އެއް އަމާޒް

ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރު ލުން ލިބުމާއި ނުލިބުމަކީ އެ މަޝްރޫއު ތަކަށް ވަރަށް ބޮޑު ތަފާތެއް އަންނަ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.  ރައްޔިތުންނަށް އޭގެ ކުރިއެރުމާއި ކުރިއެރުން ނުލިބުން ބިނާ ވަނީ މަޖިލީހުގެ މެންބަރުން ކަންކަން ނިންމަވާ ގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރުންތަކެއް މަޖިލީހަށް ހޮވާ ދެއްވުމަށް ރައިސް ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: