ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2024 ވަނަ އަހަރަށް 49 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ، ބަޖެޓު ފޮތް: ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައެޅި ބަޖެޓު ބަޖެޓު ދިރާސާކުރާ ކޮމެޓީން ގެނެސްފައިވާ ބަދަލުތަކާއިއެކު މަޖިލީހުން ފާސްކޮށްފިއެވެ.

ބަޖެޓު ފާސްކޮށްފައިވަނީ ޖަލްސާގައި ހާޒިރުވެ ތިިބި މެންބަރުންގެ އިއްތިފާގުންނެވެ. އެއީ 68 މެންބަރުންގެ ވޯޓެވެ.

2024 އަަށް ލާފާކޮށް މަޖިލީހަށް ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ނަމަވެސް، 300 މިލިއަން ރުފިޔާ އިތުރުކޮށް ކޮމިޓީން ފާސް ކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގެ މަސައްކަތް މަޖިލީހުގައި ކުރިޔަށް ގެންދިޔަ އިރު 44 މެމްބަރަކު ބަހުސްގައި ބައިވެރިވިއެވެ.

ބަޖެޓަށް ގެނައި ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފުށިދިއްގަރުފަޅު މަޝްރޫއުއަށް ކަނޑައެޅި 400 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު އުނި ކުރުމަށް ފަހު އެ ފައިސާ އެހެން މަޝްރޫއުތަކަށް ބަހާލުމެވެ. އެމްޑީޕީގެ މެޖޯރިޓީއެއް އޮތް ބަޖެޓު ކޮމިޓީން އެ ބަދަލު ގެނައިއިރު، އެ ޕާޓީ ރައީސް މުއިއްޒުގެ އެ ވިސްނުމާއި މުޅިން ދެކޮޅެކެވެ. އަދި އެ ސިޔާސަތަކަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔާފައިވެއެވެ.

ބަޖެޓު ކޮމިޓީގެ މެމްބަރަކީ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒެވެ. އަދި ނައިބު މުގައްރިރަކީ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.

ސަރުކާރު މެމްބަރުންގެ ތެރެއިން ތިއްބަވަނީ އޭދަފުށި ދާއިރާގެ ޕީޕިއެމް މެމްބަރު އަހުމަދު ސަލީމާއި، މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތާރިގު، އަދި ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ނަސީރާއި، ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު މޫސާ ސިރާޖެވެ.

ކޮމިޓީ މަރުހަލާގައި ބަޖެޓަށް ދެން ގެނައި އިތުރު ބަދަލަކީ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ހަރަދުތައް ބޮޑުކުރުމެވެ. ޕީއެސްއައިޕީއަށް 249 މިލިއަން ރުފިޔާ އިތުރު ކުރިއިރު، އެއާއި ޖުމްލަ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ހާއްސަ ކުރި ބަޖެޓު ވަނީ 8.9 ބިލިއަނަށް އިތުރުވެފަ އެވެ. ބަޖެޓަށް ގެނައި އެކި ބަދަލުތަކާއި އެކު، ޑެފިސިޓް 16.3 ބިލިއަނަށް އަރައެވެ.

ބަޖެޓުގެ މަސައްކަތް ކުރިޔަށް ގެންދިޔަ އިރު، ކޮމިޓީން ވަނީ އަންނަ އަހަރަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އަދަދާއި، އޮފީސްތަކުގެ ބަޖެޓާއި، މިނިވަން މުވައްސަސާތަކުގެ ބަޖެޓު އަދި ޕްބްލިކް ސެކްޓާރ އިންވެސްޓްމަންޓު ޕްރޮގްރާމުތަކާއި ގުޅޭގޮތުން ބަހުސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: