ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ މޭޔަރު ކަމަށް ވާދަ ކުރެއްވުމަށް އާޒިމާ ފޯމް ހުށަހަޅުއްވައިފި

ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރެއްވުމަށް އާޒިމާ ފޯމް ހުށަހަޅުއްވައިފިއެވެ.

ފޯމް ހުށަހެޅުއްވުމަށްފަހު އާޒިމާ ވިދާޅުވީ, ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމެވީ މާލެއަށް ދިމާވެފައިވާ މައްސަލަތަަކަށް ސަރުކާރާއި ގުޅިގެން ހައްލު ގެނެސްދެއްވުމަށް ކަމަށެވެ. އަދި މޭޔަރުކަމަށް ވާދަކުރުމަށް ނިންމެވި ނިންމުމަކީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ނިންމެވި ނިންމުމެއް ކަމަށވެސް ވިދާޅުވިއެވެ. އެގޮތުން މާލޭގެ މޭޔަރު ކަމުގައި ހުންނެވުމަށްފަހު ރައީސް ކަމަށް ވަޑައިގެނެވި ބޭފުޅަކު ރާއްޖޭގެ ރައީސް ކަމުގައި ހުންނަވާއިރު މާލޭގެ ތަރައްގީއަށް އެމަނިކުފާނުގެ ތަސައްވުރެއްވެސް އޮންނާނެ ކަމަށާއި އެހެންކަމުން ސަރުކާރާއި އެކު ކުރިއަށް ދިއުމުގައި ފަސޭހާ ވާނެ ކަމަށެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެކަން ކެނޑިޑޭޓުން މިހާރު ވަނީ އިއުލާނު ކުރައްވާފައެވެ. އެގޮތުން އެމްޑީޕީ ޓިކެޓްގައި ވާދަ ކުރެއްވުމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްވެސް ނިންމަވާ އެމްޑީޕީއަށް ފޯމް ހުށައަޅާފައި ވެއެވެ.

މާލޭގެ މޭޔަރުކަމަށް ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރައްވަން އާޒިމާ ނިންމަވާފައި ވާއިރު މީގެ ކުރިން ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ އިޖުތިމާއީ މައްސަލަތަކާއި މުޖުތަމައުގައި ހުރި ގިނަ ކަންބޮޑުވުން ތަށް ހައްލު ކުރައްވާނެ ކަމަށެވެ. އެގޮތުން ކުށުގެ ވެއްޓަށް މީހުން ހުށަހެޅުމާއި އަދި ރާއްޖޭގައި ހުރި އިޖުތިމާއީ މައްސަލަތަކަށް ގައުމީ ފެންވަރެއްގައި ވިސްނަން ޖެހޭ މައްސަލަ ތަކެއް ކަމުން އެކަންކަމަށް ވިސްނާ ބަލާނެ ކަމަށެވެ.

 

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: