ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރ ހޮވާ އިންތިހާބު މި މަހު 5 ގައި، 3 ބޭފުޅުން ވާދަ ކުރައްވާ!

އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރކަމަށް ވާދަކުރައްވާ ބޭފުޅުން.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ  ޑެޕިއުޓީ ޕީޖީ ލީޑަރކަމުގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބު މި މަހުގެ 5 ގައި އޮންނާނެކަން އެމްޑީޕީއިން ހާމަކޮށްފިއެވެ.

އެމްޑީޕީގެ ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބު 05 ޑިސެމްބަރު 2023 ވާ އަންގާރަ ދުވަހުގެ 14:00 ން 16:00 އަށް ކުރިއަށްދާނެކަން އެ ޕާޓީއިން ވަނީ އިއުލާންކޮށްފައެވެ. މި އިންތިހާބު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެމް.ޑީ.ޕީ އޮފީހުގެ ޖަލްސާކުރާ މާލަން (ގ. ނިއުޝާ / 3ވަނަ ފަންގިފިލާ) ގައެވެ.

މި އިންތިޚާބުގައި ވާދަ ކުރެއްވުމަށް ކުރިމަތިލައްވާފައިވަނީ:

1. މުޙައްމަދު ނިހާދު – ފޭދޫ ދާއިރާ

2. އިބްރާހީމް ޝަރީފް – ކެލާ ދާއިރާ

3. ޙުސައިން މުޙައްމަދުދީދީ – ފުވައްމުލަކު މެދު ދާއިރާ

ދާދި ފަހުން އެމްޑީޕީގެ ޕީޖީ ލީޑަރކަމަށްވެސް ބޭފުޅަކު ވަނީ އިންތިހާބު ކުރައްވާފައެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުވުމުންނެވެ. އެހެންކަމު ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ހުންނެވި އަލިފުށި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ރަޝީދު (ބިގޭ) ވަނީ ޕީޖީ ލީޑަރުކަމާއި ހަވާލުވެވަޑައިގެންފައެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: