ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށްކުރުމާއި މާރާމާރީތައް އިތުރުވެފައިވާކަމަށް ބުނެ އެމްޑީޕީން ބަޔާނެއް ނެރެފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުށްކުރުމާއި މާރާމާރީތައް އިތުރުވުމަކީ ނުހަނު ކަންބޮޑު ވާކަމެއްކަމަށްބުނެ އެމްޑީޕީން ނޫސް ބަޔާނެއް ނެރެފިއެވެ.

އެމްޑީޕީގެ ނޫސް ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ އަމާންކަން ގެއްލި، ދިރިއުޅޭ ހިޔާވަހީގެ ރައްކާތެރިކަމާއި، މަގުތަކުގެ އަމާންކަން ގައުމުގައި ގާއިމް ނުކުރެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ޕާޓީން އަބުރުވެރި ދިރިއުޅުމަކަށް އަބަދުވެސް ވަކާލާތު ކުރާކަމަށާއި ގެދޮރުގެ ހުރުމަތް ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މާޒީގައި ވެސް ޕީޕީއެމް/ޕީއެންސީގެ ވެރިކަން ބައްޓަންކޮށްފައި ވަނީ އެމްޑީޕީގެ އަސާސްތަކާއި ނުކިއްސަރުކޮށް ކަމަށާއި ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ވެސް މަގުތައް ނާންމާން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ގެދޮރުގެ ހަތަރު އިންފާރަކީ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ތަންތަނަށް ޕީޕީއެމް ސަރުކާރުގައި ވެފައިވާކަމަށްވެސް ބުނެފައިވެއެވެ،

އެމްޑީޕީއަށް ފެންނަ ގޮތުގައި މިހާރުގެ ސަރުކާރުން އަމަލުތައް ހުރީ އޭރު ޕީޕީއެމްގެ ސަރުކާރުގައި އަމަލުތައް ހިނގި ގޮތަށްކަމަށް ބަޔާނުގައިވެއެވެ. އަދި މިއަދާ ހަމައަށްވެސް ގައުމުގެ އަމަން ބެލެހުއްޓުމުގެ ޒިންމާ މިތިކޮށްފައިވާ ފުލުހުންގެ ހިދުމަތަށް އިސްވެރިޔަކު އައްޔަނުކޮށްފައި ނުވާކަންވެސް އެ ޕާޓީން ވަނީ ބުނެފައެވެ. އެހެންކަމުން ފުލުހުންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރުމަށް އޮތް ހުރަހެއްކަމުގައިވެސް ބުނެފައިވެއެވެ.

ފުލުހުންގެ އިދާރާއަށް ކޮމިޝަނަރަކު އައްޔަނު ކުރުން ޕޮލިސް ބޯޑު މެދުވެރިކޮށް އަވަސްކުރުމަށް އެ ޕާޓިން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އެބަޔާނުގައި ނިމިގެންދިޔަ އެމްޑީޕީގެ ސަރުކާރަކީ ފާއިތުވި 15 އަހަރު ތެރޭގައިވެސް ދިވެހިރާއްޖޭގައި އެންމެ ކުށް މަދު ކުރެވުނު ފަސް އަހަރު ކަމަށާއި އަދި އަމާންކަން ނެގެހެއްޓުމަކީ ދައުލަތުގެ އެންމެ އިސް ޒިންމާ ކަމުގައި ދެކި ގިނަ މުއައްސަސާތަކެއް ގުޅިގެން ރޭވުންތެރިކަމާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ބިރުވެރިކަމެއް ނެތި އުޅެވޭނެ މުޖުތަމައެއް ގާއިމުކޮށްދިނުމަށް އެމްޑީޕީން ވަނީ މިސަރުކާރަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: