ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަން ދިނުމަށް ކޮންމެ ފަހަރަކު ޕޮއިންޓު ދިނުމުގެ ބަދަލުގައި، “ވެއިޓިން ލިސްޓެއް” ހަދަނީ!

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މަޖިލީހުގެ ކޮމިޓީގައި. ފޮޓޯ: މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯހިޔާވަހިކަމަށް އެންމެ ބޭނުންޖެހިފައިވާ މީހުންގެ “ވެއިޓިން ލިސްޓެއް” ހަދަން ސަރުކާރުން ނިންމާފައިވާކަން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ހާމަ ކުރައްވާފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭނެކަމަށް ގެޒެޓް ކުރެވިފައިވާ އެންމެހައި ފަރާތްތަކާއި އަދި ކަމުގެ މަސްލަހަތު އޮތް އެންމެހައި ފަރާތްތަކުގެ ފްލެޓުތައް ބާތިލް ނުކުރުމަށް އެދި ހުށައަޅާފައިވާ ޕެޓިޝަނާއި ގުޅިގެން ހައުސިން މިނިސްޓްރީ ވަނީ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

މި ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގާނޫނަށް ބަދަލު ގެނައިސްގެން ނަމަވެސް ބޯހިޔާވަހިކަމަށް ބޭނުންވާ މީހުން ހިމަނާ މިންތި ކުރުމަށްފަހު ލިސްޓެއް އެކުލަވާލާނެކަމަށެވެ. މި ލިސްޓު އަދާ ހަމަ ކުރެވެމުންދާނެކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ބައެއްގެ ދިރިއުޅުމުގެ ހާލަތު ބަދަލުވަމުންދާ ގޮތަށް ބަލައި، ލިސްޓު އަޕްޑޭޓް ކުރަމުންދާނެކަމަށެވެ.

މިއީ ވަކިވަކި މަޝްރޫއުތަކަށް އިއުލާނުކޮށްގެން ކޮންމެ ފަހަރަކު މީހުން ހޮވުމަށްވުރެ ރަނގަޅު ގޮތެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިހެން ކަން ކުރުމުން ބޯހިޔާވަހިކަމަށް އިއުލާން ކުރާ ކޮންމެ ފަހަރަކު، ޕޯޓަލެއް ހަދައިގެން ޕޮއިންޓު ދޭން ނުޖެހޭނެކަމަށް ވިދާޅުވިއެވެ.

މި ލިސްޓު ހެދުމުގެ މަސައްކަތް ކުރިއަށްދާ މިންވަރަކުން ހިއްސާ ކުރައްވަމުން ގެންދަވާނެކަމަށް ހައިދަރު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމަށް އެދޭ އަދި ޝަރުތު ފުރިހަމަވާ 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ކަށަވަރުކޮށްދިނުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ދޫ ކުރައްވާފައިވާ ގޯތިތައް މި ސަރުކާރުން ނުދީފާނެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި އެބަ އޮތެވެ. މިކަމާއި ގުޅިގެން ކޮމިޓީގައި މިނިސްޓަރު ވިދާޅުވީ މި މައްސަލއިގައި އަމަލު ކުރައްވާނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ލަފައަށްކަމަށެވެ.

މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް އޭސީސީވެސް ހާޒިރުކުރިއެވެ. އޭސީސީއިން ބުނީ މި މައްސަލަ ދަނީ ތަހުގީގުކުރެވެމުންކަމަށްވާތީ އަދި މިހާތަނަށް މިނިސްޓްރީއަށް އެއްވެސް ލަފާއެއް ދެއްވާފައި ނުވާނެކަމަށެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 20%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: