ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރު ނިމުމުގެ ކުރިން ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދާ "އަހާ" ޕްރޮގްރާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ފުރަތަމަ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުވެ އެކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިލްސިލާ ގޮތެއްގައި ރައީސް އޮފީހުން ގެންނަ “ރައީސް ގެ ޖަވާބު” ސެގްމެންޓުގައި އާންމުގެ މީހަކު ވަނީ ރާއްޖެތެރޭ ރަށްރަށުގައި ދިިރިއުޅޭ މީހުންނަށް މާލެ ސަރަހަދުން ބޯހިޔާވަހިކަން ކަށަވަރުވާނެ ގޮތެއް އޮތްތޯ ރައީސް އާއި ސުވާލު ކުރައްވާފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ގެދޮރުވެރިޔާ ޕްރޮޖެކްޓު ތަކަކީ ހުރިހާ ރައްޔިތުންނަށް އޭގެ ފުރުސަތު ލިބިގެންދާނެ މަޝްރޫއުތަކެއް ކަމަށެވެ.

ހައުސިން މަޝްރޫއު ތަކުގައި މާލޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ އެންމެ ފުރަތަމަ ކުރައްވާނެ ކަންކަމަށއ ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މާލެގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ނުވެ އެތައް އަހަރުތަކެއް ފާއިތުވެ ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން މާލެ ސަރަހައްދުގައި ބިންހިއްކައިގެން ހިންގާ މަޝްރޫއުތަކުން މާލޭގެ ރަށްވެހިންނަށް ގެދޮރުވެރިކަން ޔާގީންކޮށްދިނުމަކީ ސަރުކާރުގެ ފުރަތަމަ އަމާޒް ކަމަށް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫއުތަކާއެކު ގިނަ ގެދޮރުވެރިކަމުގެ ޕްރޮޖެކްތަށް ގާއިމުކުރުމަށް މަސައްކަތް ކުރައްވާ ކަމަށާއި މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަން ކަށަވަރުވުމަށް ފަހު މާލެ ކައިރި ނުވަތަ އެހެން ރަށްރަށުންވެސް މާލޭގެ ގެދޮރުވެރިކަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަކީ މިސަރުކާރުގެ އެއް ސިޔާސަތެވެ. އެހެންކަމުން ބޯހިޔާވަހިކަން ރައްޔިތުންނަށް ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އޭގެތެރެއިން ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލެ ހިއްކުމުގެ މަޝްރޫއުއަކީ ބޯހިޔާވަހިކަން ހައްލުކުރުމަށް ޓަކައި ސަރުކާރުން ކުރިއަށްގެންދާ ބޮޑެތި މަޝްރޫއު ތަކުގެ ތެރެއިން އެއްމަޝްރޫއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: