ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފުލެޓުގެ ދާއިމީ ލިސްޓުގައި ހިމެނުނު އެތައް ހާސް ބަޔަކު ވަނީ އެއްވެސް ހަމައެއްނެތި އުނިކޮށްފަ: ރައީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދާ "އަހާ" ޕްރޮގްރާމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމުނުއިރު ހިޔާގެ  ދާއިމީ ލިސްޓުގައި ހިމެނުނު އެތައް ހާސް ބަޔަކު އެއްވެސް ހަމައެއްނެތި އުނިކޮށްފައި ވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ސިސްސިލާގޮތެއްގައި ގެންނަ “ރައީސްގެ ޖަވާބު” ސެގްމެންޓުގައި އާއްމުންގެ މީހަކުވަނީ ރައިސް ޔާމީންގެ ޒައާމަތުގައި ފްލެޓު ދާއިމީ ލިސްޓުގައި ހިމެނި، މިދިޔަ ސަރުކާރުން ފްލެޓް ނުދީ ތިބި ރައްޔިތުންނަށް، މި ސަރުކާރުން ފްލެޓް ލިބޭނެތޯ ސުވާލު ކޮށްފައެވެ. ރައީސް ވިދާޅުވީ އެއީ އެމްނިކުފާނު ވެވަޑައިގެންނެވި ވައުދެއް ކަމަށާއި އެވައުދު ފުއްދަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން އެންމެ ފުރަތަމަ ފަށާ ސޯޝިއަލް ހައުސިން އިމާރާތް ކުރުމުގެ ދަށުން އެޅޭ ފުލެޓުތަކުން އެބޭފުޅުންނަށް ފުލެޓު ހަމަޖައްސައިދޭނެ ކަމަށެވެ. މިއަހަރުގެ ތެރޭގައި އާ މަޝްރޫއުތައް ފަށާގޮތަށް ހަމަޖެހިފައިވާ ކަމަށާއި އެހެންކަމުން އެންމެ ފުރަތަ އަޅާ ފުލެޓުތަކުން އެކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ގުޅީ ފަޅާއި ގިރާވަރުފަޅުގައިވެސް މިފަދަ މަޝްރުއުތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޢަބްދުﷲ ޔާމިންގެ ދައުރުގައި ފުލެޓު ލިބޭ މީހުންގެ ލިސްޓެއް އެކުލަވައިލިއެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ މި ސަރުކާރުގައި ވަނީ ބައެއް ކެޓަގަރީތަކުން ފުލެޓު މަދުކޮށް, އުސޫލަށް ބަދަލުތަކެއް ގެނައުމަށް ފަހު ފުލެޓުތައް ވަނީ ދީފައެވެ.

ރިޔާސީ އިންތިހާބުގައި ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ފުލެޓު ދޭނެ ފަރާތްތަކަކީ އަލަތު ކައިވެނި ފުލެޓާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފްލެޓު އަދި އިތުރު ކެޓަގަރީތަކުން ކަމަށެވެ. ހިޔާ ފުލެޓު ލިބުނު 3،000 މީހެއްގެ އަތުން އޭރުގެ ސަރުކާރުން ވަނީ ފުލެޓު އަތުލައިފައި ކަމަށް ރައީސް ވިދާޅުވިއެވެ. ހިޔާއިން މާލޭ ރަށްވެހިންނަށް ފުލެޓު ދިން އިރު، ރައިސް ސޯލިހްގެ ސަރުކާރުން އާންމުކުރި ލިސްޓުގައިވާ ނަރުހުންނާއި ޑޮކްޓަރުންގެ އަދި ޓީޗަރުންގެ ތެރެއިން ފުލެޓު ލިބުނު މީހުން އުނިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ބައެއް ސަރުކާރު ކުންފުނިތަކުން ހަދަން ފަށައިފައިވާ ފުލެޓުތަކުގެ މަސައްކަތް ހުއްޓާލުމުން ވެސް ބައެއް ފަރާތްތަކަށް ފުލެޓު ލިބިފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިދިޔަ ސަރުކާރުން ކަނޑައެޅި ހިޔާގެ ކޮމާޝަލް އޭރިއާއަކީ ފުލެޓު ދިނުމަށް ކުރީގެ ސަރުކާރުން ކަނޑައެޅި ސަރަހައްދެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޑރ. މުއިއްޒު ކޮބާ ކަސްޓަމްސް އަށް ފުލެޓް އަޅަން ޔާމިން ސަރުކާރުގައި ދިން ބިން؟ ބިންގާވެސް އެޅި ފަހުން ވީގޮތެއް ސާފުނުވޭ މީގެ ޚަބަރަކީ ކޮބާ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: