ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭ މަހުގެ ނިޔަލަށް އީވޮލެޓު ތައާރަފްކުރާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ----- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް މޭ މަހުގެ ނިޔަލަށް އެންމެ ލަސްވެގެން އީވޮލެޓުގެ ހިދުމަތް ތައާރަފްކުރާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކުރިއަށް ގެންދާ ރައީސްގެ ޖަވާބު ޕްރޮގްރާމްގައި އީވޮލެޓުގެ ހިދުމަތް ތައާރަފްކުރުމާއި ގުޅޭގޮތުން ސުވާލުކުރުމުން އެމަނިކުފާނުވަނީ މިހާރުވެސް އެކަން ރައްޔިތުންނާއި ހިސާބަށް ގެނެސްދިނުމުގެ ގޮތުން މަސައްކަތްތައް ކުރެވެމުންދާކަން ހިއްސާކުރައްވާފައެވެ. އަދި އެންމެ ލަސްވެގެން ކުރިއަށް އޮތް މޭ މަހުގެ ނިޔަލަށް ހިދުމަތް ފެށިގެންދާނެކަމަށް ބެލެވޭކަަމަށްވެސް ވިދާޅުވިއެވެ.

އީވޮލެޓު ތައާރަފްކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ޒުވާނުން ބާރުވެރިކުރުމާއި، މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާގެ ފަރާތުން ބާއްވާ ޔޫތު ހެކަތޯން ފެށުމުގެ ރަސްމިއްޔާތުގައި ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ރާއްޖެއަށް އީ–ވޮލެޓު ތަޢާރަފްކޮށް، ބޭރުގެ ފަރާތްތަކަށް ޚިދުމަތްތައް ވިއްކައިގެން ދިވެހިންނަށް އެކަމުގެ މަންފާ ލިބިގެންދާނެ ފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: