ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދު ހަރުދަނާވާ މިންވަރަކުން މުސާރަތައް ބޮޑު ކުރެވޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ އިގްތިސޯދު ހަރުދަނާ ވަމުންދާ މިންވަރަކުން ނުވަތަ އާމްދަނީ ލިބޭ މިންވަރަކުން މި ދައުރު ތެރޭގައި ހުރިހާ ސެކްޓަރ އެއްގެ މުސާރަ ބޮޑު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސްގެ އޮފީހުން ސިސްސިލާ ގޮތެއްގައި ގެންނަ “ރައީސްގެ ޖަވާބު” ސެގްމެންޓުގައި އާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައިސް ވިދާޅުވީ ހުރިހާ ސެކްޓަރ އެއްގެ މުސާރަ ބޮޑު ކުރުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށެވެ. އަދި އިގްތިސާދުގައި ބުންވަރު ޖެހޭ މިންވަރަކުން މުސާރައަށްވެސް ބަދަލު ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ބައެއް ސެކްޓަރ ތަކުގެ މުސާރަ ބޮޑުކޮށްދެއްވާފައިވާކަމަށެވެ. ސިފައިން ނާއިން ފުލުހުންގެ މުސާރަ ބޮޑު ކުރި ގޮތަށް އެހެން ސެކްޓަރ ތަކުގެ މުސާރަވެސް ބޮޑުކޮށް އެ ވައުދު ފުއްދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވަނީ ރޯދަ މަހުގެ ފަހު 10 ގެ ހެޔޮ ދުއާ ހުރިހާ ރައްޔިތުންނަށް އަރިސް ކުރައްވާފައެވެ. އަދި ރޯދަ މަހުގެ ބަރަކަތާއި ސަވާބު ހޯދުމަށްޓަކައި ފަހު ދިހައަކީ ހާއްސަ ދުވަސްތަކެއް ކަމަށާއި އެހެންކަމުން ސަރުކާރުން ނިންމީ ފަހު ދިހައިގައި ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރުމަށް ފާސޭހަކޮށް ދިނުމުގެ ގޮތުން ފަހު ދިހަ ބަންދު ދުވަސްތަކެއް ގޮތުގައި ކަނޑައަޅުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރު ބަންދު ދުވަސް ތަކެއްގެ ގޮތުގައި ފަހު ދިހަ ކަނޑައެޅުމަށް ނިންމައިފައިވާ ކަމަށާއި ފަހު ދިހައިގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: