ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ދޮގު ފަތުރަނީ ސަރުކާރުން ކުރާ ކަންކަމަށް ދޭނެ ޖަވާބެއް ނެތުމުން: ރައީސް

މަޖިލިސް އިންތިހާބުގައި ވާދަކުިރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: | ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ކުރާ ކަންކަމަށް ދޭން ޖަވާބެއް ނެތުމުން އިިދިކޮޅުން ދަނީ އިތުރުފުޅުހައްދަވަމުން ކަމަށާއި ވާހަތައް އުފައްދަވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ސިލްސިލާ ގޮތެއްގައި ގެންނަ “ރައީސްގެ ޖަވާބު” ސެގްމެންޓުގައި އާއްމުންގެ މީހަކު ވަނީ ވާދަވެރި ފަރާތްތަކުން އެކި ތުހުމަތުތައްކޮށް ފަތުރާ ބައެއް ވާހަކަތަކުގެ ހަގީގަތް އޮޅުންފިލުވުމަށް ރައީސް އަރިހުން އެދިފައެވެ. އަދި ރައީސް ދަނީ އިތުރުފުޅުހައްދަވަމުން ކަމަށް އިދިކޮޅުން ތުހުމަތު ކުރާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ރައީސް އެކަމަށް ޖަވާބުދެއްވާ ވިދާޅުވީ އެމަނިކުފާނު ކެމްތެރޭގައި ވެވަޑައިގަތް ހުރިހާ ވައުދެއް ފޮތެއްގެ ސިފައިގައި ލިޔެފައި ވާނެ ކަމަށެވެ.

ފޮތެއްގެ ގޮތުގައި ލިޔެ ނެރެފައިވާ އެއްޗެއްގައި އޮޅުވާލެވޭނީ ކޮން އެއްޗެއްތޯ ރައީސް ވަނީ ސުވާލު ކުރައްވާފައެވެ. ކޮންމެ ރަށަކަށް ވަޑައިގެން ވެ ވަޑަގަތް ވައުދުތަކާއި އަދި މުޅި ރާއްޖެއަށް ނިސްބަތްކޮށް ވިދާޅުވި ކޮންމެ ވާހަކައެއްވެސް ފެންނަން އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ދެއްކެވި ވާހަކައިގެ ކިތާބީ ހެއްކެއް ފެންނަން އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރުވެސް ނުވަތަ ސުވާލަކަށްދޭ ޖަވާބު ވިޔަސް ލިޔުމުން ފޮތެއްގެ ސިފައިގައި ތައްޔާރު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަހާ ފޯރަމް ދެއްކި ވާހަކައާއި، މީޑިއާ ތަކަަށްދޭ ޖަވާބުތަކާއި އެކި ޖަލްސާތަކުގައި ދޭ ޖަވާބުތައްވެސް ފެންނަން ހުރި ކަމަށާއި އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ދައްކަވާ ވާހަކައަކީ އިހުލާސްތެރިކަމާއެކު ހިތުގެ އަޑިން ދައްކަވާ ވާހަކަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ގާބިލްކަން ތަންދެއްވި ވަރަކުން ހުރިހާ ކަމެއްވެސް ސަރުކާރުން ކުރެވޭ މަސައްކަތް ކުރައްވާ ކަމަށާއި ކޭސް ބައި ކޭސް ބެއްލެވި ނަމަވެސް އިދިކޮޅުން ދަނީ ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރަމުން ކަމަށެވެ. ރައީސް ވިދާޅުވީ ކޮންމެ މައުލޫއެއް ނަންގަވައިގެން ބެއްލެވި ނަމަވެސް އިދިކޮޅުން އެކަމަށް އަމިއްލަ ވާހަކަތަކެއް ގެނެސްފައިވާކަމަށެވެ.

ރައީސް ވިދާޅުވީ އެމްނިކުފާނު ދެއްކެވި ވާހަކަތައް ހުރީ ލިޔުމުން ފެންނަން ކަމަށާއި ރައްޔިތުންނަށް އަބަދުވެސް ތެދުބަހުން ވާހކަފުޅު ދައްކަވާފައި ވާނެ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރައްވާނީ އާމާނާތްތެރިކަމާއެކު އިހުލާސްތެރިކަމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. ކިތަންމެ މަތީ މާގާމެއްގައި ހުންނެވި ބޭފުޅެއް ނަމަވެސް ހަމަ ވާޙަކައެއް ދެއްކެވުމުން އެކަން ގަބޫލު ނުކުރައްވާ އެ ދައްކަވާ ވާހަކައެއްގެ ތެދު ދޮގު ބެލުމަށް ރައީސް އިލްތިމާޒް ކުރެއްވިއެވެ. އަދި އެންމެނަކީ ވެސް ތެދުބަސް ގަބޫލުކުރާ ބަޔަކު ކަމުގައި ވުމަކީ އެއީ ދީނުގައި ވެސް އަންގަވާފައިވާ ގޮތްކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: