ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ސަރަހައްދުގައި ކުޅިވަރު ކުޅޭނެ ކޯޓުތައް އަވަހަށް ނިންމުމަށް މަސައްކަތް ކުރާނަން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފުލެޓު ސަރަހައްދުގައި ކުޅީވަރު ކުޅޭނެ ކޯޓުތަކާއި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ވަރަށް އަވަހަށް ގާއިމްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިލްސިލާ ގޮތެއްގައި ރައީސް އޮފީހުން ގެންނަ “ރައީސްގެ ޖަވާބު” ސެގްމެންޓުގައި ހިޔާ ސަރަހައްދުގައި ދިރިއުޅޭ އާއްމުންގެ މީހަކު ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމާއި ގުޅިގެން ރައީސް އާއި ސުވާލު ކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ހިޔާ ސަރަހައްދުގެ ކަންކަން ކުރިން ހުރީ އެއްވެސް ވަރަކަށް ނުކޮށްކަމަށެވެ. އެހެންނަމަވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕާކުތަކާއި، ކުޅިވަރު ކުޅޭނެ ކޯޓުތައް ހެދުމަށް ނިންމައިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހިޔާސަރަހައްދު އެއީ އެންމެ ގިނަ މީހުން އެއް ދިމާލެއްގައި ދިރިއުޅޭ ސަރަހައްދު ކަމަށެވެ. އެހެންކަމުން ރައީސް ވިދާޅުވީ ސަރުކާރާއި އަދި އެޗްޑީސީ ގުޅިގެން އެކިކަހަލަ ކުޅިވަރު ކުޅޭ ވަސީލަތްތައް ގާއިމް ކުރައްވާނެ ކަމަށާއި އަދި އޭގެ ތެރޭގައި ކަނބަލުންނަށް ބޭނުންވާ އެކިކަހަލަ ކޯޓުތަކާއި އެކިކަހަލަ ކުޅިވަރު ކުޅޭ ކޯޓުތައް ހިމެނޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ހިޔާ ސަރަހައްދުގައި ކޯޓު ތަކާއި އެފަދަ ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމްކުރައްވާނެ ކަމަށެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 80%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: